ހުޅުމާލޭ އަތިރިމަތީ ފަރާތުން ބިން ގަތުމަށް ހުށަހެޅި މީހުންނާއި އަގުތައް އާންމުކޮށްފި

އެޗްޑީސީގެ އިމާރާތް: ޖުމްލަ ވިއްކަން ނިންމާފައި އޮތީ 74 ބިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެޗްޑީސީގެ އިމާރާތް: ޖުމްލަ ވިއްކަން ނިންމާފައި އޮތީ 74 ބިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލޭ އަތިރިމަތީ ފަރާތުން ބިން ގަތުމަށް ހުށަހެޅި ބިޑުތައް ހުޅުވައި، ބިންތައް ގަތުމަށް ހުށަހެޅި ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހެޅި އަގުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އާންމުކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި އޮތީ އަތިރިމަތީ ފަރާތުން ބީލަމަށް ހުޅުވާލި 22 ބިމަށް އަގު ކިޔާފައި ވަނީ 18 މީހުން ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އެންމެ ބޮޑުކޮށް ހުށަހެޅި އަގަކީ އަކަފޫޓަކަށް 8251ރ. އެވެ. އެންމެ ދަށްކޮށް ކިޔާފައިވާ އަގަކީ އަކަފޫޓަކަށް 6501ރ. އެވެ.

ނަމަވެސް އޭގެ ތެރެއިން އެކަކު ހުށަހެޅި ބީލަން އޮތީ ބާތިލްކޮށްފަ އެވެ.

ހުޅުމާލެއިން އަތިރިމަތީ ފަރާތުން ވިއްކާ 22 ބިމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ 5500ރ. އެވެ.

ހުޅުމާލެއިން ބިން ގަތުމަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން އޮތީ ހުށަހަޅައިފަ އެވެ. އަދި އެއް އާއިލާއަކަށް ނިސްބަތްވާ އެކަކަށްވުރެ ގިނަ މީހުން ވެސް ބިން ގަތުމަށް ހުށަހަޅާފައި އޮތެވެ. ބިން ގަތުމަށް ހުށަހެޅި ބައެއް ފަރާތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންކަން އެނގިފައިވެ އެވެ.

އެޗްޑީސީން ނިންމީ ހުޅުމާލެއިން 74 ބިމެއް ވިއްކުމަށެވެ. އެއީ 1095 އަކަފޫޓާއި 2588 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

ހުޅުމާލެ އަތިރިމަތިން ބިން ގަތުމަށް ހުށަހެޅި ފަރާތްތައް

  • ހަސީނާ އިބްރާހިމް - އަކަފޫޓަކަށް 8251ރ.
  • އާދަމް ނަސީރު ހުސެއިން - އަކަފޫޓަކަށް 8141ރ.
  • ފަރިޔާލް ގާސިމް - އަކަފޫޓަކަށް 7852ރ.
  • އައިޝަތު އުމައިމާ - އަކަފޫޓަކަށް 7585ރ.
  • ރިސްމާ އަލީ ނަސީރު - އަކަފޫޓަކަށް 7500ރ.
  • ރާޔާ ރިޔާޒް - އަކަފޫޓަކަށް 7500ރ.
  • ތައުނީސް ހުސެއިން - އަކަފޫޓަކަށް 7350ރ.
  • އަލީ އައިމަން - އަކަފޫޓަކަށް 7333ރ.
  • ހުސެއިން ޝާމް - އަކަފޫޓަކަށް 7300ރ.
  • މަލްވިން އަލީ ނޫރައްދީން - އަކަފޫޓަކަށް 7100ރ.
  • އައިމިނަތު އުމާނާ އަލީ ނޫރައްދީން - އަކަފޫޓަކަށް 6725ރ.
  • އެލީނާ ނޫރައްދީން - އަކަފޫޓަކަށް 6620ރ.
  • އިބްރާހިމް ރީމާޒް ވަހީދު - އަކަފޫޓަކަށް 7002ރ.
  • އަމީރް ޝާހް - އަކަފޫޓަކަށް 7000ރ.
  • އަބްދުލް އަޒީޒް މޫސާ - އަކަފޫޓަކަށް 6850ރ.
  • ހަސަން ޒުހޫރު - އަކަފޫޓަކަށް 6789ރ.
  • ނާދިރާ ޖަމީލް އަކަފޫޓަކަށް 6501ރ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox