Advertisement

ގިނަ ހަރަކާތްތަކާއެކު އޭޑީކޭއިން ހިތުގެ ދުވަސް ފާހަގަކޮށްފި

1 އޮކްޓޯބަރު 2022 - 11:37 0

ނިމާ ހަސަން

ނިމާ ހަސަން

ހިތުގެ ދުވަހާ ގުޅިގެން އޭޑީކޭއިން ބޭއްވި "ހާޓް ހެލްދީ ވޯލްކް": މުޅި ދުވަހަށް ބަހާލައިގެން ގިނަ ކަންކަން އެ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ -- ފޮޓޯ: އޭޑީކޭ


ގިނަ ހަރަކާތްތަކާއެކު އޭޑީކޭއިން ހިތުގެ ދުވަސް ފާހަގަކޮށްފި

1 އޮކްޓޯބަރު 2022 - 11:37 0

ތަފާތު ގިނަ ހަރަކާތްތަކާއެކު އޭޑީކޭ ހޮސްޕިޓަލުން ވޯލްޑް ހެލްތް ޑޭ މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކޮށްފި އެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް އޭޑީކޭއިން މުޅި ދުވަހަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވަނީ އެ ހޮސްޕިޓަލުގެ ސްޓާފުންނަށް އަމާޒުކޮށެވެ.

"ޔޫޒް ހާޓް ފޯ އެވްރީ ހާޓް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ފެށީ ފަތިހު 5:30 ގައި އާޓިފިޝަލް ބީޗުންނެވެ. އެގޮތުން، 5:30ގައި އާޓިފިޝަލް ބީޗުގައި ރަޖިސްޓްރީވުމަށްފަހު ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ހެލްތީ ހާތް ވޯލްކެވެ.

ހިތުގެ ދުޅަހެޔޮކަމަށް ހިނގުމަކުން ދުވަސް ފެށުމަށްފަހު، އެ ހަރަކާތް ނިންމާލީ ހަރަކާތުގައި ބައިވެރިވި ހުރިހާ ސްޓާފުންނާއެކު ސިއްހަތަށް ފައިދާހުރި ހެނދުނުގެ ނާސްތާއަކުންނެވެ.

ދެ ވަނަ ހަރަކާތް ކުރިއަށް ގެންދިޔައީ ހެނދުނު 9:00 އިން 12:00 އަށެވެ. އެއީ ހިލޭ ކުރިއަށް ގެންދިޔަ ހެލްތް ޗެކަޕް ކޭމްޕެކެވެ.

އެއަށްފަހު މެނދުރު 2:00 އިން ހަވީރު 4:00 އަސް ކުރިއަށް ގެންދިޔައީ ހިތުގެ ބަލިިތަކާ ބެހޭ ތައުލީމު ދިނުމުގެ ޕްރޮގްރާމެކެވެ. ހިތުގެ ބަލިތަކާ ބެހޭގޮތުން 'ކޮންޓިނިއުޑް މެޑިކަލް އެޑިއުކޭޝަން' ކުރިއަށް ގެންދިޔައީ އޭޑީކޭގެ ހުރިހާ ސްޓާފުންނަށް އަމާޒުކޮށްގެންނެވެ.

ހިތުގެ ދުވަސް ފާހަގަކުރުމަށް އޭޑީކޭއިން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލާފައި ވަނީ ހަވީރުގެ ސައި ޕާޓީއަކުންނެވެ.