Advertisement

ޕާކިސްތާނުގެ ކްލިނިކެއްގައި ޗައިނާ މީހަކު މަރާލައި ދެ މީހުން ޒަހަމްކޮށްލައިފި

29 ސެޕްޓެންބަރު 2022 - 05:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާ ދިނީ ދަަތުގެ ފަރުވާއަށް ހާއްސަ ކްލިނިކެއްގައި. -- ފޮޓޯ: ޕީޓީއައި


ޕާކިސްތާނުގެ ކްލިނިކެއްގައި ޗައިނާ މީހަކު މަރާލައި ދެ މީހުން ޒަހަމްކޮށްލައިފި

29 ސެޕްޓެންބަރު 2022 - 05:36 0

ޕާކިސްތާނުގެ ދެކުނު ކަރާޗީ ސިޓީގައި ދަތުގެ ފަރުވާއަށް ހާއްސަ ކްލިނިކެއްގައި ބަލި މީހަކު ކަމަށް ހެދިގެން ހުރި މީހަކު ދިން ހަމަލާއެއްގައި މީހަކު މަރާލައި އިތުރު ދެ މީހުން ޒަހަމްކޮށްލައިފި އެވެ.

ހަމަލާގައި މަރުވީ އަދި އަނިޔާވި މީހުންނަކީ ޗައިނާ އާއި ޕާކިސްތާނުގެ ޕާސްޕޯޓް އޮންނަ މީހުންނެވެ. އެ މީހުންނަކީ ފާއިތުވި 40 އަހަރު އެ ކްލިނިކް ހިންގި ބަޔެކެވެ.

ފުލުހުން ބުނީ ބުދަަ ދުވަހު ދިން ހަމަލާގައި ކްލިނިކުގައި ތިބި "ޕާކިސްތާނުގެ އެއްވެސް މީހަކަށް އަމާޒު ނުކުރާ" ކަމަށެވެ. ހަމަލާ ދިން މީހާ ވަނީ ހަމަލާއަށް ފަހު، އެހެން މީހެއްގެ އެހީގައި ސައިކަލުގައި ފިލައިފަ އެވެ.

ހަމަލާގެ ޝިކާރައަށްވީ މީހުންނަކީ އުމުރުން 74 އަހަރުގެ ޑެންޓިސްޓް ރިޗަޑް ހޫ، އޭނާގެ އަންހެނުން އުމުރުން 72 އަހަަރުގެ މާގަރެޓް އަދި ކްލިނިކްގައި އެސިސްޓަންޓަކަަށް އުޅުނު ރޮނަލްޑް ޗޯ އެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނީ ހަމަލާގައި މަރުވީ ރޮނަލްޑް ޗޯ ކަމަށެވެ. އަނިޔާވި ދެމަފިރިންނަށް ހޮސްޕިޓަަލުގައި ފަރުވާދެމުންދާ ކަމަށްވެ އެވެ.

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވާ އިރު ހަމަލާ ދިން ސަބަބެއް ވެސް ނޭނގެ އެވެ. އެހެން ނަމަވެސް، މީގެ ކުރިން ވެސް ޕާކިސްތާނުގައި ޗައިނާ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވެ އެވެ.

ޕާކިސްތާނުގައި ޗައިނާއިން ހިންގާ ބޮޑެތި މަޝްރޫއުތަކާ ދެކޮޅު ބައެއް ގްރޫޕްތަކުން ދެކޭ ގޮތުގައި ޗައިނާގެ ޕްރޮޖެކްޓުތަކުން އާއްމުންނަށް އެއްވެސް ފައިދާއެއް ނުކުރެ އެވެ.