28 ސެޕްޓެންބަރު 2022 - 12:58 0
28 ސެޕްޓެންބަރު 2022 - 12:58 0
ލަންޑަން (ސެޕްޓެމްބަރު 28) - އާޖެންޓީނާގެެ ގައުމީ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީގެ ކޮންޓުރެކްޓް އާކޮށްފި އެވެ.
ސްކަލޯނީގެ ކޮންޓުރެކްޓް އާކުރުމުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އޭނާ ކޯޗުގެ މަގާމުގައި ދެމިހުންނާނެ އެވެ.
އާޖެންޓީނާ ފުޓްބޯލް ފެޑެރޭޝަންގެ ޗިކުއި ޓާޕިއާ ވިދާޅުވީ ގިނަ ދުވަސްތަކަށް ދިގުދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހު، ސްކަލޯނީގެ ކޮންޓުރެކްޓް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އާކޮށްފައިވާ ކަމަށެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި އާޖެންޓީނާ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި މަސައްކަތްކުރި ސްކަލޯނީ، 44، އާޖެންޓީނާގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ 2018 ވަނަ އަހަރެވެ. އަދި ހަމަ އެ އަހަރު އޭނާ އަށް ވަނީ ކޯޗުގެ ޒިންމާތައް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ވަނީ 2021 ވަނަ އަހަރުގެ ކޮޕާ އެެމެރިކާ އާއި 2022 ވަނަ އަހަރު ފައިނަލިސިމާގެ ތަށި ކާމިޔާބުކޮށްފަ އެވެ. ސްކަލޯނީ އަކީ 1993 ވަނަ އަހަރު އަފްލިއޯ ބަސީލޭގެ ފަހުން، އާޖެންޓީނާގެ ގަައުމީ ޓީމަށް ތައްޓެއް ކާމިޔާބުކޮށްދިން ފުރަތަމަ ކޯޗެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment