Advertisement

ތިނަދޫގައި ބާއްވާ ވެލިގާގެ ރޯޑްޝޯ އަށް ބޮޑު ތަރުހީބެއް

25 ސެޕްޓެންބަރު 2022 - 07:19 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ތިނަދޫގައި އިއްޔެ ފެށި ވެލިގާގެ ރޯޑްޝޯގެ ތެރެއިން. -- ފޮޓޯ: ވެލިގާ


ތިނަދޫގައި ބާއްވާ ވެލިގާގެ ރޯޑްޝޯ އަށް ބޮޑު ތަރުހީބެއް

25 ސެޕްޓެންބަރު 2022 - 07:19 3

ވެލިގާ ހާޑުވެއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލޭންކްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ވިއްކާ ސާމާނާ ގުޅޭ ގޮތުން މައުލޫމާތު ދީ، އަޖުމަ ބަލައި ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާ ވެލިގާ ރޯޑްޝޯ ގދ. ތިނަދޫގައި އިއްޔެ ފަށައިފި އެވެ.

ތިން ދުވަހުގެ މުއްދަކަށް ކުރިއަށްގެންދާ މި ރޯޑްޝޯއަށް ގދ. އަތޮޅުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ އެކި ރަށްރަށުންވެސް މީހުން އައެވެ.

"ފުރަތަމަ ދުވަހު ވެސް ތަރުހީބު ވަރަށް ރަނގަޅު،" ވެލިގާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ތިނަދޫ ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިއަށްގެންދާ ވެލިގާ ރޯޑްޝޯގައި ވެލިގާއިން ވިއްކާ ސާމާނުތަކާބެހޭ މުހިއްމު މައުލޫމާތުތައް ލިބޭނެ އެވެ. މިގޮތުން ވެލިގާއިން ވިއްކަމުންދާ ބައެއް ސާމާނު އުފައްދާ ކުންފުނިތަކުން ވެސް މި އިވެންޓުގައި ބައިވެރިވެ އެވެ.

ޕްރޮޑަކްޓުތަކާ ބެހޭ މައުލޫމާތު މީހުންނަށް ދިނުމުގައި މެޓާބޯގެ ރިޕްރެޒެންޓޭޓިވުން މި އިވެންޓުގައި ބައިވެރިވާނެ. އެ ބޭފުޅުންގެ އިތުރުން ވެލިގާގެ ޕްރޮޑަކްޓު މެނޭޖަރުންނާއި ބުރޭންޑު މެނޭޖަރުން ބައިވެރިވާނެ." ވެލިގާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވެލިގާއިން ވިއްކަމުންގެންދާ ސާމާނުތައް މި ރޯޑްޝޯގައި އަމިއްލައަށް ތަޖުރިބާކޮށްލައި އަޖުމަ ބަލާލުމުގެ އިތުރުން ކަމާބެހޭ މާހިރުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ޒިޔާރަތް ކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ މިއިވެންޓުގައި ސަރަހައްދީ ފެންވަރުގައި ވިޔަފާރިކުރާ ފަރާތްކާއި މަސައްކަތްތެރީންނަށް ސީދާ ވެލިގާގެ ސޭލްސް ޓީމާއި ވާހަކަ ދައްކައި މަސައްކަތަށް އެންމެ އެކަށޭނެ ސާމާނު ގަނެ، އޯޑަރު ވެސް ކުރެވޭނެ އެވެ.

ވެލިގާ ރޯޑްޝޯ މިއަދާއި މާދަމާ ކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

މިއިވެންޓުގެ އިވެންޓު އޯގަނައިޒިން ޕާޓުނަރަކީ ހަވަރު އެންޖީއޯ އެވެ. އަދި ހޯސްޓު ޕާޓުނަރަކީ ތިނަދޫ ރަށު ކައުންސިލެވެ. ރީޖަނަލް މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން އަދި ފޮޓޯއާއި ވީޑިއޯގުރަފީ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު މީޑިއާ ގުރޫޕެވެ. އެންޑޯޒިން ޕާޓުރަންނަކީ ތިނަދޫ އަންހެނުން ކުރިއަރުވާ ކޮމިޓީއާއި ގދ. އަތޮޅު ކައުންސިލް އެވެ. މީގެ އިތުރުން އިވެންޓުގެ ޕްރިންޓިން ޕާޓްނަރަކީ ނޯވާ ޓެކްއެވެ. އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމަންޓު އެންޑު އެމްޕަވަރމަންޓު ހަމަޖައްސާފައިވާއިރު ފުޑް އެންޑު ބިވަރޭޖެސް ޕާޓްނަރަކީ ވޯޓަ ޑެކެވެ.