Advertisement

'މަމެން' އިންޓަ-ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ވަނަތައް ހޮވައިފި

22 ސެޕްޓެންބަރު 2022 - 06:25 1

ސައިކްލިން ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ އެއް ވަނަ ހޯދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް، ދިރާގުގެ ބްރޭންޑް އެންބެސެޑަރު އަދި ބާރު ދުވުންތެރިޔާ ސާއިދު އިނާމު އެވޯޑް ހަވާލުކޮށް ދެނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


'މަމެން' އިންޓަ-ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ވަނަތައް ހޮވައިފި

22 ސެޕްޓެންބަރު 2022 - 06:25 1

ވާދަވެރި 32 ސްކޫލަކުން 1000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިމަހު 16 ވަނަ ދުވަހު ފެށި ތިން ވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ވަނަތައް ހޮވައި އެވޯޑް ދީފި އެވެ.

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ސްކޫލް ސައިކްލިން މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2018 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ދެ ވަނަ މުބާރާތް 2019 ގައި ބޭއްވި އެވެ. ތިން ވަނަ މުބާރާތް ކޮވިޑު-19ގެ ސަބަބުން ލަސްކުރުމަށް ފަހު މިއަދު ފަށާފައިވަނީ 13 އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓުތަކުންނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސައިކްލިން ހަރަކާތުގެ ގޮތުގައި ފާހަގަވެފައިވާ މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ގައި ފަސް އުމުރުފުރާ އަކުން ކުދިން ވަނީ ބައިވެރިވެފަ އެވެ. އެއީ 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މުބާރާތުގައި ޖަހާފައިވަނީ 200 މީޓަރު ރޭސްތަކާއި 200 މީޓަރު ރޭސްތަކެކެވެ.

ސައިކްލިން ޗެމްޕިއަންޝިޕްގެ 13 އަހަރުން ދަށުގެ އެއް ވަނަ ހޯދި އިސްކަންދަރު ސްކޫލަށް އެވޯޑާއި ސެޓްފިކެޓް ހަވާލުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުޅި މުބާރާތުގެ ޗެމްޕިއަނުން

  • 13 އަހަރުން ދަށުގެ ފިރިހެން - އިސްކަންދަރު ސްކޫލް
  • 13 އަހަރުން ދަށުގެ އަންހެން - ކަލާފާން ސްކޫލް
  • 15 އަހަރުން ދަށުގެ ފިރިހެން - ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް
  • 15 އަހަރުން ދަށުގެ އަންހެން - ގާޒީ ސްކޫލް
  • 17 އަހަރުން ދަށުގެ ފިރިހެން - ހިރިޔާ ސްކޫލް
  • 17 އަހަރުން ދަށުގެ އަންހެން - ހިރިޔާ ސްކޫލް
  • 19 އަހަރުން ދަށް - ސީއެޗްއެސްއީ

ވަނަތައް އިއުލާން ކުރުމަށް ރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ހަފުލާގައި އުމުރުފުރާތަކުން ވަނަވަނައަށް ދިޔަ ކުދިންނަށް ވެސް އެވޯޑު ދީފަ އެވެ.

ގިނަ އަދަދެއްގެ ދަރިވަރުން، ބައިސްކަލް ދުއްވުން ފަދަ އިސްނެގުމަކަށް ޝައުގުވެރިކަން ފާޅުކޮށް، ދެއްކި ކުޅިވަރުގެ ރޫހު ފާހަގަކުރައްވަމުން، ހަފްލާގެ ޗީފްގެސްޓް، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވީ، ވައި ނުސާފުވުމުން ސަލާމަތްވުމަށް ބައިސްކަލު ދުއްވުން އާދައަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ހަފުލާގެ ޝަރަފުވެރި މެހްމާން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ތިމާވެއްޓާ ރައްޓެހި އާދަކާދަ ދިރުވައި އާލާކުރުމުގެ ގޮތުން ބައިސްކަލު ބޭނުންކުރުން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައިި ވިދާޅުވީ، ރާއްޖޭގައި ވެސް އެފަދަ އާދަ ދިރުވައި އާލާކުރަންޖެހޭ ކަމަށެވެ. ބައިކް މޯލްޑިވްސް އިން އiސްނަގައިގެން ބާއްވާ މިފަދަ އިވެންޓްތައް މުހިއްމުވަނީ ގިނަ ބަޔަކަށް އެ މެސެޖު ފޯރުކޮށްދީ ބައިސްކަލަށް މީހުން ހިތްޖައްސުވަން އެހީތެރިވެދޭތީކަން ވެސް ފާހަގަކުރެއްވި އެވެ.

ދިރާގުގެ ފަރާތުން ބްރޭންޑް، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވަނީ, ހާހަކަށް ވުރެ ގިނަ ކުދިން ބައިވެރިވި މުބާރާތުގެ ކާމިޔާބީ ފާހަގަކޮށް، ބައިވެރިންނަށް ޝުކުރު ދަންނަވާފަ އެވެ.

ސައިކްލިން ޗެމްޕިއަންޝިޕްގައި ވަނަ ހޯދި ދަރިވަރަކަށް، ބްރޭންޑް، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް، މުހައްމަދު މިރުޝާން ހަސަން ސެޓްފިކެޓް ހަވާލުކޮށް ދެއްވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ މައިގަނޑު މަގުސަދަކީ ސްކޫލު ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމަށް ޝައުގުވެރިކަން އިތުރުކުރުމާއިއެކު، ކުޑައިރުއްސުރެ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ބައްޓަން ކުރުމަށް އެހީތެރިވެދިނުން ކަމުގައި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެ އެވެ.

ދިރާގާއިއެކު މި މުބާރާތް ބޭއްވުމުގައި އެންމެ ބޮޑަށް ބައިވެރިވަމުން އަންނަ ބައިކް މޯލްޑިވްސް އަކީ "އިންޓަނޭޝަނަލް ސައިކްލިސްޓް ޔޫނިއަން" ގެ މެންބަރަކަށްވުމާއިއެކު ބައިނަލްއަގްވާމީ މުބާރާތްތަކަށް ސްކޫލްތަކުގެ ކުދިން ލޯ ހުޅުވައިދީ ބޭރުގެ މުބާރާތްތަކަށް ކުދިން ތަމްރީންކުރުމަކީވެސް މި މުބާރާތް ބޭއްވުމުގެ އެއް މަގުސަދެވެ.