Advertisement

ވެލިގާ ރޯޑްޝޯ މި ހަފުތާގެ ބަންދުގައި ގދ. ތިނަދޫގައި، ސާމާނު ތަޖުރިބާ ކޮށްލެވޭނެ!

20 ސެޕްޓެންބަރު 2022 - 05:38 0


ވެލިގާ ރޯޑްޝޯ މި ހަފުތާގެ ބަންދުގައި ގދ. ތިނަދޫގައި، ސާމާނު ތަޖުރިބާ ކޮށްލެވޭނެ!

20 ސެޕްޓެންބަރު 2022 - 05:38 0

ވެލިގާ ހާޑުވެއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ބްލޭންކްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ވިއްކާ ސާމާނާ ގުޅޭ ގޮތުން މައުލޫމާތު ދީ، އަޖުމަ ބަލައި ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ވެލިގާ ރޯޑްޝޯ 22" ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.

ތިނަދޫގައި ރޯޑްޝޯ ކުރިއަށް ދާނީ މި މަހުގެ 24 އިން 26 ގެ ނިޔަލަށް، އެ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް، އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. ރޯޑްޝޯ އޮންނާނީ އެ ރަށުގެ ފެރީ ޓާމިނަލް ސަރަހައްދުގަ އެވެ.

ކުޅުދުއްފުށީ ރޯޑްޝޯ ބާއްވާނެ ތާރީހެއް ކަނޑަ އަދި ނޭޅިޔަސް، މި އަހަރުތެރޭގައި އެ އިވެންޓް ބާއްވާނެ ކަމަށް ވެލިގާ ހާޑްވެއާއިން ބުނެ އެވެ.

ވެލިގާގެ އޮފިޝަލަކު ބުނި ގޮތުގައި މި ރޯޑްޝޯތައް ވެގެންދާނީ ސަރަހައްދީ ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކަށާއި މަސައްކަތްތެރީންނަށް ރަނގަޅު ފުރުސަތަކަށެވެ. މި އިވެންޓުތަކުގައި، ވެލިގާއިން ވިއްކާ އެކި ބްރޭންޑްތަކުގެ ސާމާނުތަކާބެހޭ ގޮތުން މުހިއްމު މައުލޫމާތު ދޭނެ އެވެ. އަދި ޓެސްޓްކުރެވޭނެ ކަމަށާއި އެ ސާމާނުތައް ބޭނުންކުރުމުގެ އެކްސްޕާޓުންގެ ހިޔާލު ވެސް ހޯދޭނެ ކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ ރޯޑްޝޯގައި ބައެއް ޕްރޮޑަކްޓްތައް އުފައްދާ ކުންފުނިތަކުން ބައިވެރިވާނެ. ކަސްޓަމަރުންނަށް ސީދާ އެ ފަރާތްތަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރޯ ޑްޝޯގައި، ބޭނުންވާ މަސައްކަތަށް އެކަށޭނަ ސާމާނު ހޯދަން ފުރުސަތު ލިބޭނެ އެވެ.

ތިނަދޫގައި ބާއްވާ ރޯޑްޝޯގެ ޕާޓްނަރުންނާއެކު އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.