Advertisement

ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

19 ސެޕްޓެންބަރު 2022 - 21:06 0

ށ. ނަރުދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރަން އަޅާ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރަނީ. ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ މިއަދު ހަވާލުކުރި. ފޮޓޯ: ހެލްތު މިިސްޓްރީ


ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

19 ސެޕްޓެންބަރު 2022 - 21:06 0

ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ޖާގަ އިތުރުކުރަން އަޅާ އިމާރާތްތަކުގެ މަސައްކަތް، ހެލްތު މިނިސްޓްރީން މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންޓްރެކްޓަރުުންނާ އެކު ސޮއިކުރީ ށ. ފީވަކާއި އެއަތޮޅު ޅައިމަގާއި ނަރުދޫ އަދި އއ. މަތިވެރި ސިއްހީ މަރުކަަޒުގެ ޖާގަ އިތުރުކުރަން އަޅާ މަސައްކަތްތަކެވެ.

ށ. ޅައިމަގާއި އެއަތޮޅު ނަރުދޫ ސިއްްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ކްލޭ ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަޝިޕް ނަމަކަށް ކިޔާ ގްރޫޕަކާ އެވެ. މީގެ ތެރެެއިން ޅައިމަގު ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރާ އިމާރާތެއް އެޅުމާއި މިހާރު ހުރި އިމާރާތުގައި ފެންޑާއެއް ހެދުމުގެ މަސައްކަތް ހަވާލުކުރީ ފަސް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، 4.3 މިލިޔަން ރުފިޔާ އަށެވެ.

ނަރުދޫ ސިއްހީ މަރުކަޒަށް ޖާގަ އިތުރުކުރާ އިމާރާތެއް އެޅުމާއި މިހާރު ހުރި އިމާރާތަށް ފެންޑާއެއް އިތުރުކުރުމުގެ މަސަައްކަތް ހަވާލުކުރީ 4.2 މިލިޔަން ރުފިޔާ އަށެވެ. އެ މަސައްކަތް ވެސް ނިންމަން ދިނީ ފަސްމަސްދުވަހުގެ މުއްދަތެކެވެ.

ށ. ފީވަކު ސިއްހީމަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް 4.2 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރީ ޕާސްޓްލައިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް ވެސް ހަވާލުކުރީ ފަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އއ. މަތިވެރި ސިއްހީމަރުކަޒުގެ ޖާގަ އިތުރުކުރުމަށް އަޅާ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ރައިޒާ ޕްރައިވެޓްލިމިޓެޑް ނަމަކަށް ކިޔާ ކުފުންޏަކާ އެވެ. އެ މަސައްކަތް، 4.8 މިލިޔަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ ފަސް މަސްމަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.