ކަތީބުގެ އަންހެނުންނަށް ހިތްޖެހުމާއި ހެދި ވަރިތޮޅި

ސިހުރު ހަދާ މަންޒަރު ދައްކުވައިދޭ ގޮތަށް އޭ.އައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

ސިހުރު ހަދާ މަންޒަރު ދައްކުވައިދޭ ގޮތަށް އޭ.އައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

އެއީ މީގެ ސާޅީހަކަށް އަހަރު ކުރި އެވެ. އަހަރެންނަކީ މާލެއަށް އުފަން މާލޭގެ ރަށްވެއްސެކެވެ. ވަޒީފާ އަދާކުރާ ދާއިރާގެ ގޮތުން އަބަދު ވެސް ރާއްޖޭގެ ކޮންމެ ވެސް ހިސާބަކަށް އޮންނަނީ ދަތުރު ކުރަން ޖެހިފަ އެވެ. އަހަރެންގެ ވެސް ޒުވާން ދުވަސްވަރު ކަމުން ދަތުރުކުރުމުގައި ފޫހި ކަމެއް ވަރުބަލިކަމެއް ނެތި އެއް އަތޮޅުން އަނެއް އަތޮޅަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ރަށްފުށުގެ ވައިފެނުން ލިބޭ ހިތްހަމަ ޖެހުމާއި ދަތުރުވެރިންނަށް އެބައިމީހުންކުރާ އިހުތިރާމާއި އޯގާތެރިކަމާއި މެހުމާންދާރީގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަމުދުން ދައުލަތުން ފޮނުއްވާ ވަފުދުތަކަށް މިކަންކަން މާ ފުރިހަމަ ވާނެ އެވެ.

އެއް އަހަރަކު ދަތުރު ކުރަން ޖެހުނީ ބޮޑުތިލަދުންމަތީގެ އަތޮޅަކަށެވެ. ދުވަސްވަރަކީ ވައިވަރު ހެޔޮ މޫސުން ރަނގަޅު ދުވަސްވަރެކެވެ. ރީތި ނޫވިލު ފަޅުތަކުން ވަދެގެން ދޮންވެލި ގޮނޑުދޮށްތަކަށް ދޯނި ބީއްސާލައި ފަސޭހަކަމާއިއެކު ފައިބައިގެން ދާއިރު ގާމަތި ރަށްރަށަށް، ދޯނި ގާތްކުރުމުގައި އެބައިމީހުންގެ ކުޅަދާނަކަމާއި ހުޝިޔާރުކަން މާފުރިހަ އެވެ.

Advertisement

އެރަށަށް ފައިބާ ކަތީބާއިއެކު ހިނގައިފައި ދާއިރު މަގުންފެންނަ ކޮންމެ މީހަކު މަގުގެ އެއްފަރާތެއްގައި ހުއްޓި އެތިބެނީ ބޮޑެތި މީހުންނާއި ވެރިންނަށް އެބައިމީހުން ކުރާ އިހުތިރާމަކުންނެވެ. ދުވަހަކު މޫނު ނުފެންނަ ބަޔަކު ރަށަށް ފައިބައިގެން އަންނާތީ އެވެ. ހިނގަމުން ދާ ދިގުމަގު ސާފުވެފައި ހިޔާކަން ބޮޑެވެ. ކޮންމެ ފިޔަވަޅަކާއިއެކު އަކިރިވެލިގަނޑުން ހިތްގައިމު މިއުޒިކެއްގެ އަޑު އިވެ އެވެ. ދެ ފަރާތަށް އުސްކޮށް މެދަށް އަޑިކޮށް އޮތުމުން ބިމުގެ ތިލަކަން އެނގެ އެވެ. މަގުގެ ފިނިކަން އިތުރަށް ފިނިކޮށް ހިފަހައްޓައިދެނީ ދެ ފަރާތުގައި ހުރި ފަތްކެޔޮގަސްތަކާއި ޅަ ރުއްތަކެވެ. ފަންތަކުގެ ކުރި މަރުހަބާ ކިޔުމުގެ ގޮތުން ޖެހޭ ރޯޅިއާއެކު އެއްވަރަކަށް ދެފަރާތަށް ހެލިލަ އެވެ.

އާންމު ގޮތެއްގައި އަހަރެންގެ މަސައްކަތް ކުރުމަށްޓަކައި ރަށެއްގައި މަޑުކުރަން ޖެހެނީ ދެތިން ދުވަހެވެ. ނިދުމުގެ ކަންތައްތައް ހަމަޖެހިފައި ވަނީ ރަށްވެހި ގޭގަ އެވެ. ކޮއްތުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނީ ކަތީބު ގޭގަ އެވެ. ކޭންމަތީގެ ހުރިހާ ކަމެއް ކުރިޔަށް ގެންގޮސް ސުފުރާމަތިގެ ހުރިހާ ކަމެއް ބަލަހައްޓަނީ ކަތީބުގެ އަނބި ފާތުމަ އެވެ. ކަތީބަކީ ދޮށީ މީހެއް ނޫނެވެ. ކެއުމަށް އިންސާފުކުރުމަށް އަރާ ކޮންމެ ފަހަރަކު ކަތީބުގެ އަންހެނުންގެ ރީތިކަމާއި ފަރިކަމަކީ ކެއުން އިތުރަށް ފުރިހަމަ ކުރުވާ ކަމަކަށްވި އެވެ. އަދި ދެވަނަ ކޮއްތަކަށް އިންތިޒާރު ކުރުވާ ކަމަކަށް ވެ އެވެ.

ކޮއްތަށް އިންސާފު ކުރުމުގެ ކުރިން އަތް ދޮވެލުމަކީ އާދަކާދައިގެ މަތިން ކޮށްއުޅޭކަމެކެވެ. ކުރަޔާއި އަތްދޮންނަ ތަށި ހިފައިގެން އަތް ދޮއްވަން، އައިސް އެނބުރިލާ އެނބުރުމުން ފާތުމަގެ ދިގު އިސްތަށިގަނޑުން ނުކިޔަމަންތެރި ބައެއް އިސްތަށި އަހަރެންގެ މޫނުގައި ފިރުމާލާ ސަމާސާ ކޮއްލީ ކޮންމެހެން އަހަރެންނަށް ދައުވަތެއް ދޭން ނޫނެއް ކަމަކު، ހުވަނދުމަލުގެ މީރުވަހާއި އެ އިސްތަށިގަނޑުގެ ފިރުމުމުން އަހަރެންގެ ހިތުގައި ކޫރުމެއް އެޅުނެވެ. މި ކޫރުން ފުންވަމުން ދިޔައީ ރާޅުބާނީ އިސްތަށިގަނޑުގެ ދާވަނިތައް އެޅެން ފެށުމުންނެވެ.

ރޭގަނޑުގެ ކޮއްތަށްފަހު މާދަމާގެ މަސައްކަތްތަކާ ބެހޭ ގޮތުން ކުޑަކޮށް މަޝްވަރާ ކޮށްލުމަށްފަހު ކަތީބާ ވަކިވެގެން އަތިރިއަށް ނުކުތީ ފިނިކޮށްލާށެވެ. ގާތުގައި އުޅުނު އެކުވެރި ރަހުމަތްތެރިން މަދުވެ ދެތިން މީހުންނަށް ވެއްޖެއެވެ. ދައްކަމުން ދިޔަ ތަފާތު ވާހަކަތަކުގެ ތެރެއިން ކަތީބު އަންހެނުންގެ ވާހަކަ ފެށޭ ގޮތް ވުމުން، ސިއްރުސިއްރުން ކަމަށް ހަދާފަ ވާހަކަ ފެށީމެވެ.

ފަށަފަށައިގެން އެ ވާހަކަ ދައްކާކަށް ނުޖެހުނެވެ. "ކަލޭ ބޭނުމީ ވިއްޔާ ތިކަން ކޮށްދީފާނެމޭ، މިހާރު ބުންޏަސް މިރޭ އަލިވިލެން ވާއިރަށް އެދެމަފިރިންގެ ވަރީގެ އަޑު އިއްވާކަށް އެއްވެސް ކަމެއް ނޫނެވެ. އަހަރެން ބުނާ އެއްޗެއް ކަލޭ އަތުޖައްސައިދޭށެވެ." އެތަނުން މީހަކު މޭގައި އަތްޖަހާލާފައި ބުންޏެވެ.

އަހަރެންނަކީ އަބަދުވެސް ކަންތައްތައް ތަޖުރިބާ ކުރާހިތްވާ މީހެއްކަމުން އެއްވެސް ހިޔާލެއް ފިކުރެއްނެތި "ހޭވައްލާ ތައްޔާރޭ" ބުނެލީ ޒުވާން ކަމުގެ ޖޯޝްގަ އެވެ. ބަސްބުނި ހިނދުން އަތްމަތި ކުރަންވީ ސާމާނު އަތުޖައްސާކަށް ރަހުމަތްތެރިންނަށް މާބޮޑު ކަމަކަށް ނުވި އެވެ.

ކޮންމެ އަކަސް ރަށުތެރެ ނިދާ ފައިހިޔަވަޅު އޮބުމުން މަސައްކަތް ފެށިއިރި ރަށް ހީވަނީ މާނިދިމަތުރާފައި އޮތް ހެނެވެ. ބޮނދަބޮނދައިގެން ގޮސް ކަތީބުގެ ގެއާ ކައިރިވުމުން، ހޯދާފައި އޮތް ފޫނާއްޓާއި ލޯނާށީގެ ތެރެއަށް، ދިރިދިރި އޮތް ފަންކުރަތްޕާއި ފޮނިކުރަފިލައި ތަގުޅި ކޮށްލުމަށްފަހު ދޮން ދަނބު ރުކެއްގެ ބޮންތި ފަންވަތެއްގައި އަކަކުރަހާ ލިޔުމަށްފަހު އެއިން އައްސާލި އެވެ. ނުނިމޭ

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox