Advertisement

މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި، ދަނޑުވެރިންގެ ދުވަސް ކާށިދޫގައި

13 ސެޕްޓެންބަރު 2022 - 20:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަރެސްމާތޮޑާ މަތިން ނަގާފައިވާ ފޮޓޯއެއް: ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބާއްވަން ވަނީ ނިންމާފައި


މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި، ދަނޑުވެރިންގެ ދުވަސް ކާށިދޫގައި

13 ސެޕްޓެންބަރު 2022 - 20:35 0

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާ ކަމަށް އަދި ދަނޑުވެރިންގެ ދުވަސް ބާއްވާނެ ރަށަކީ ކ. ކާށިދޫ ކަމަށް މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސަައިން ރަޝީދު ހަސަން ވަނީ އޭގެ ކަރުދާސް ހުށަހަޅުއްވައިފަ އެވެ.

އެ ކަރުދާހާ ގުޅޭ ގޮތުން ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު، ފަރެސްމާތޮޑާގައި އެ ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގދ. އަތޮޅުގެ ގިނަ ރަށްރަށަކީ މަސްވެރި ރަށްރަށެވެ. ފަރެސްމާތޮޑާއަކީ އޭގެ ފާހަގަކޮށްލެވޭ އެއް ރަށެވެ.

ފަރެސްމާތޮޑާގައި މަސް ފެކްޓަރީއެއް އެޅުމަށް ވެސް ދާދި ފަހުން އެ ރަށުގެ މަސްވެރިންގެ ޕެޓިޝަނެއް ރައީސް ސޯލިހަށް ހުށަހަޅުއްވާފައިވެ އެވެ.

ކ. ކާށިދޫގައި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވާއިރު، އެ ރަށަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ.

1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ދިވެހި ސަރުކާރުން ގެންދަނީ ފާހަގަ ކުރަމުންނެވެ.

އަދި 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަސް ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.