Advertisement

ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ

13 ސެޕްޓެންބަރު 2022 - 14:12 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މިދިޔަ އަހަރު ބޭއްވި ކޮޕް26 ސަމިޓްގައި ރައީސް ސޯލިހު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ވާހަކަދައްކަވަނީ-- ފޮޓޯ: ގެޓީ އިމޭޖެސް


ރާނީ އެލިޒަބަތުގެ ޖަނާޒާއަށް ރައީސް ވަޑައިގަންނަވަނީ

13 ސެޕްޓެންބަރު 2022 - 14:12 0

އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިނގިރޭސިވިލާތުން ދިން ދައުވަތު ގަބޫލުކުރައްވައި އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިނގިރޭސިވިލާތުގެ ތަހުތުގައި 70 އަހަރު ހޭދަކުރެއްވި ރާނީ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި މިދިޔަ ބުރާސްފަތި ދުވަހެވެ. ރައީސް ސޯލިހުގެ ތަރުޖަމާން މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމަށް، ރާއްޖޭގެ ގައުމީ ދިދަ، 3 ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކޮށްފައިވެ އެވެ.

ރާނީގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުނެފައިވެ އެވެ.

ރާނީ އެލިޒަބަތު ދެ ވަނައިގެ ސަންދޯއް ގެންދާނީ ލަންޑަނަށެވެ. ރަސްމީ ޖަނާޒާ ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 19 ވާ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11:00 އަަށެވެ.

ރާނީގެ ހަށިކޮޅު ފަސްދާނުލާނީ ވިންޑްސާގައި ހުންނަަ ރަސްގެފާނު ޖޯޖް ހަ ވަނަ މެމޯރިއަލް ޗޭޕަލްގަ އެވެ. ޖަނާޒާގެ ކުރިން އާ ރަސްގެފާނު ޗާލްސް ތިން ވަނަ ދަތުރުފުޅުތަކެއް ކުރައްވާނެ އެވެ. އެގޮތުން ރަސްގެފާނު ވަޑައިގަންނަވާނީ ސްކޮޓްލޭންޑް، އުތުރު އަޔަލޭންޑް އަދި ވޭލްސް އަށެވެ.

ރާނީ އެލިޒަބަތު 1952 ވަނަ އަހަރު ޒުވާން އުމުރުފުޅުގައި ރަސްކަމާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް އަވަހާރަވުމުންނެވެ. އެކަމަނާ ރަސްކަމުގެ ތަހްތުގައި 70 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަކުރައްވާފަ އެވެ.