Advertisement

"ވިއަވަތި" ނިންމާލައިފި؛ ޝަކުވާތައް މަދުވެއްޖެ، ރައީސް ވިދާޅުވީ ކާމިޔާބެއް ކަމަށް

12 ސެޕްޓެންބަރު 2022 - 16:37 0

ލ. ގަން

ނާޒިމް ހަސަން

ނާޒިމް ހަސަން

ވިއަވަތި ކޮންފަރެންސްއަށް މިއަދު ރައީސް ވަޑައިގަންނަވަނީ: ކާމިޔާބު ކޮންފަރެންސްއެއް ކަމަށް ވިދާޅުވި


"ވިއަވަތި" ނިންމާލައިފި؛ ޝަކުވާތައް މަދުވެއްޖެ، ރައީސް ވިދާޅުވީ ކާމިޔާބެއް ކަމަށް

12 ސެޕްޓެންބަރު 2022 - 16:37 0

ލ. ގަން

ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިންމާލިއިރު ފާހަގަވެގެން ދިޔައީ ރަށްރަށުގެ ކައުންސިލްތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ކުރިއަށްވުރެ މަދުވެފައިވާކަން ކަމަށް ވިދާޅުވެ, އެއީ ކާމިޔާބީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފަކުރައްވައިފި އެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްއަކީ ލަމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށާއި ކައުންސިލްތަކާއެކު ސީދާ ރައީސް މަޝްވަރާތައް ބޭއްވުމަށް އެމަނިކުފާނު އިސްނަންގަވައިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. މީގެ ފުރަތަމަ ކޮންފެރެންސް ކްރޮސްރޯޑްގައި ބޭއްވިއިރު, ދެވަނަ ކޮންފަރެންސް ބޭއްވީ މެދުރާއްޖެ ތެރެއަށް ހާއްސަކޮށްގެން އއ. އުކުޅަހުގަ އެވެ.

އިއްޔެއިން ފެށިގެން ލ. ގަމުގައި ދެކުނުގެ "ވިއަވަތި" ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވާއިރު, ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ފާހަގަކުރެއްވީ ކޮންފަރެންސްއިން ހާސިލްވި ކަންކަމެވެ. އަދި, އެމަނިކުފާނު ވިދާޅުވި ގޮތުގައި, އުކުޅަހުން ގަމަށް ކުރި ދަތުރުގައި ރަނގަޅު ކާމިޔާބީތަކެއް ހާސިލްކުރެވިއްޖެ އެވެ.

"ކޮންފަރެންސްގައި ބަހުސްތަކުގައި ތަފާތު ކައުންސިލަރުން, އަޅުގަނޑު މި ދެންނެވީ ރީނދޫ ކުލަ އާއި ވައިލެޓް ކުލަ އާއި ރަތް ކުލަ އާއި ވަކި ކުލައަކަށް ނިސްބަތް ނުވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެން އެ ފާޅު ކުރެއްވި ހިޔާލުތައް ބަލައިގަންނަން," ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ބައެއް ކާމިޔާބީތައް;

  • އަންހެނުންގެ ކޮމިޓީތަކުގެ ދައުރު ފުޅާކޮށް, އެކަށީގެންވާ މާހައުލެއް ހޯދުމަށް މަޝްވަރާ ކުރެވުން އަދި އަންހެނުން ކޮމިޓީތަކުގެ މެންބަރުންނަށް ސިވިލް ސާވިސްގައި އުޅޭ މީހުންނަށް ކުރިމަތިލެވޭ ގޮތް ބަދަލު ކުރުމަށް އެއްބަސްވެވުން
    • ބިންވެށި ޕްލޭންއަށް މުހިންމު ހައްލެއް; ބައިބަޔަށް ޕްލޭން ފާސްކޮށްދޭން ނިންމުން
    • ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ދިނުމުގައި ބަދަލުތަކެއް ގެނައުން; ރަށް އުފެދިފައިވާ ގޮތާއި ހާލަތަށް ބަލައި, ފައިސާ ދޭ ފޯމިއުލާއިން އިސްތިސްނާއެއް ގެނައުން, ސިޓީތަކަށް ހާއްސަ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރެވުން
    • ބޮލްކް ގްރާންޓް މަހުން މަހަށް ދިނުމުގެ ބަދަލުގައި ކުއާޓަލީ ދޭން ނިންމުން
    • އަތޮޅު ކައުންސިލްތަކުގެ އިހްތިސޯސް ކަނޑަނޭޅުނު ކަމުގައި ވިޔަސް, ގުދުރަތީ އިންތައް ދަމަހައްޓަން ޖެހޭނެ ކަމަށް ރައީސް ގަބޫލުކުރައްވައި, އަދި އެކަމުގައި ކައުންސިލްތަކުގެ ޝަކުވާއަށް މަޝްވަރާކުރަން ނިންމެވުން
    • ޔޫޓިލިޓީ ކުންފުނިތަކަށް ރަށްރަށުން ދޭ ބިންތަކުން ކުލި ނުނަގައި, އެ ބިންތައް ވީހާވެސް ލުއި ގޮތެއްގައި އެ ކުންފުނިތަކަށް ދޫކުރުމަށް ރައީސް އެދިވަޑައިގެންނެވުން

    ކޮންފަރެންސް ނިންމާލެއްވުމަށްފަހު, ރައީސް ސޯލިހް ވަނީ ނޫސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް ރައީސް ތަކުރާރު ކުރެއްވީ "ވިއަވަތި" ކޮންފަރެންސްގެ ކާމިޔާބީ އެވެ.

    "އުކުޅަހުގައި އައި ކަންބޮޑުވުންތަކަށްވުރެ މި ކޮންފަރެންސްގައި އައި ކަންބޮވުންތައް މަދު, އަޅުގަނޑު ހީކޮށްގެން ހުރީ ދެކުނަށްވެފައި ބޮޑު އާބާދީއެއް ތަމްސީލް ކުރާ, 100 އަށްވުރެ ގިނަ ކައުންސިލަރުން އައި, އެ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑެތި ޝަކުވާތައް, ކަންބޮޑުވުންތައް އަންނާނެ ކަމަށް, އެހެންނަމަވެސް ހީކުރި ވަރަށްވުރެ ރަނގަޅަށް ދިޔައީ," ރައީސް ވިދާޅުވި އެވެ.

    "...އޭގެ މާނައަކީ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި ފާހަގަކުރި ކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދެވިފައިވާކަން,"

    ލ. ގަމުގެ ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލާފައިވާއިރު, ރައީސް މިއަދު އިއުލާން ކުރެއްވި ގޮތުން މީގެ ހަތަރު ވަނަ ކޮންފަރެންސް އަންނަ އަހަރުގެ ޖެނުއަރީ މަހު, ކުޅުދުއްފުށީ ސިޓީގައި އޮންނާނެ އެވެ. ރައީސް އުއްމީދު ކުރައްވަނީ, އެމަނިކުފާނު ވިދާޅުވި ގޮތުގައި, އެ ކޮންފަރެންސްގައި އުތުރުގެ ކައުންސިލަރުން ބައިވެރިވެ, މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދާނެ ކަމަށެވެ.

    "ވިއަވަތި" ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި, ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގަ އެވެ. ދުވަހަކު ވެސް މި ނިޒާމާއި މި ބާރުތައް ރައްޔިތުންގެ އަތުން، އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށެވެ.

    "ވިއަވަތި ރާއްޖެ ކޮންފަރެންސް މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ އެކު މި ބާއްވަނީ އެ ބޭނުމަށްޓަކާ,"