Advertisement

އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ފަސްކޮށްފި

9 ސެޕްޓެންބަރު 2022 - 15:52 0

އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތު ދެ ވަނަ އަވަހާރަވުމާ ގުޅިގެން ބާއްވާ އިވެންޓްތަކަށް ޖާގަ ދިނުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ވަނީ ފަސްކޮށްފައި


އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ފަސްކޮށްފި

9 ސެޕްޓެންބަރު 2022 - 15:52 0

ލަންޑަން (ސެޕްޓެމްބަރު 9) - އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތު ދެ ވަނަ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުންނާއި ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމަށް ބާއްވާ އިވެންޓްތަކަށް ޖާގަ ދިނުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ފަސްކޮށްފި އެވެ.

ރޭގެ ވަގުތެއްގައި ކުއީން އެލިޒަބަތު އަވަހާރަވުމާ ގުޅިގެން، ކުޅިވަރު އިވެންޓްތައް ކުރިއަށްގެންދިއުމާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އިނގިރޭސި ސަރުކާރުން ދިނީ އެ ކުޅިވަރެއް ހިންގާ ފަރާތްތަކަށެވެ. އެ ގޮތަށް ކަނޑައެޅުމާ އެކު އިނގިރޭސި ޕްރިމިއާ ލީގުންނާއި އިނގިރޭސި އެހެން ޑިވިޝަންތައް ހިންގަމުން އަންނަ އީއެފްއެލް އިން ނިންމީ، މި ހަފްތާގެ މެޗުތައް ފަސްކުރުމަށެވެ.

ޕްރިމިއާ ލީގުންނާއި އީއެފްއެލް އިން މި ގޮތަށް ނިންމީ އެ ލީގުގެ ބޯޑުތަކާއި ޓީވީ ބްރޯޑްކާސްޓަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު މި ވަގުތު ހާލަތުގެ ގޮތުން އެންމެ ރަނގަޅު ގޮތަކީ މި ހަފްތާގެ މެޗުތައް ފަސްކުރުން ކަމަށް ގަބޫލުކުރެވޭތީ އެވެ.

ކުއީން އެލިޒަބަތު އަވަހާރަވިތާ ދެ ގަޑިއިރެއްހާއިރު ފަހުން، ރޭ އިނގިރޭސި ތިން ކްލަބެއް ވަނީ ޔޫރަޕްގެ މުބާރާތްތަކުގައި ކުޅެފަ އެވެ. އެ ގޮތުން ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑާ ކުޅުނުއިރު، އާސެނަލުން ވަނީ ރަށުންބޭރުގައި އެފްސީ ޒިއުރިކާ ކުޅެފަ އެވެ. އަދި ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ލަންޑަން ސްޓޭޑިއަމްގައި ރުމޭނިއާގެ އެފްސީއެސްބީއާ ބައްދަލުކޮށްފަ އެވެ.

ވެސްޓް ހޭމާއި ޔުނައިޓެޑް އަދި އާސެނަލް ކުޅުނު މެޗުތައް ފެށުމުގެ ކުރިން ކުއީން އެލިޒަބަތުގެ ހަނދާނުގައި ސުކޫތެއް ވަނީ ގެނެސްފަ އެވެ.