Advertisement

ވޯލްޑް ކަޕް ބަލަން ދިޔުމުގެ ފުރުސަތާއި އަގުހުރި އިނާމުތައް ލިބޭ ކޮކާކޯލާގެ ހާއްސަ ޕްރޮމޯޝަނެއް

1 ސެޕްޓެންބަރު 2022 - 23:27 0

މިރޭ ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު މަހްލޫފް މި ޕްރޮމޯޝަން ލޯންޗުކޮށްދެއްވަނީ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ވޯލްޑް ކަޕް ބަލަން ދިޔުމުގެ ފުރުސަތާއި އަގުހުރި އިނާމުތައް ލިބޭ ކޮކާކޯލާގެ ހާއްސަ ޕްރޮމޯޝަނެއް

1 ސެޕްޓެންބަރު 2022 - 23:27 0

މިއަހަރު ފަހުކޮޅު އޮންނަ ގަތަރު ވޯލްޑް ކަޕް2022 އާ ދިމާކޮށް، މިފަހަރު ވެސް ކޮކާ ކޯލާއިން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ވެސް ފޯރިގަދަ ފުޓުބޯޅަ ސީޒަނެއް ރާއްޖޭގައި ފާހަގަކުރުމަށް އަމާޒު ހިފައި، ކޮކާ ކޯލާއިން މިރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ހޮޓެލް ޖެންގައި ބޭއްވި މި ހަފްލާގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން ކުޅިވަރާ ގުޅުން ހުރި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހަބޭސް ބޮޑުބެރުގެ ފޯރިގަދަ ހަރަކާތާއެކު ކުރިއަށް ދިޔަ މިރޭގެ ހަފްލާގައި ކޮކާކޯލާގެ އޮފިޝަލުންނާއި އެ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މަންދޫބުން ވަނީ ވޯލްޑް ސީޒަނަށް އެކަށައަޅާފައިވާ ތަފްސީލީ ޕްލޭންތައް ހިއްސާކޮށްފަ އެވެ.

އެގޮތުން، ސީޒަނާ ދިމާކޮށް އަށް މީހަކަށް އިތުރު މީހަކު ގޮވައިގެން ވޯލްޑު ކަޕް ބަލާލަން ދިއުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

ވޯލްޑް ކަޕްގެ "ހަގީގީ ޖާދޫ" ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ގުރުއަތުގައި ބައިވެވޭނެ އެވެ.

މި މުއްދަތުގައި ގަންނަ ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ނުވަތަ ސްޕްރައިޓްގެ ރީނދޫ ކުލައިގެ މަތިގަނޑު ޖެހި ޕެޓް ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ހަ ނަންބަރުގެ ކޯޑު 2626 ފޮނުވައިގެން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

ކޮކާ-ކޯލާ އާއި ފީފާގެ ޒަމާންވީ ގުޅުން ދައްކުވައިދިނުމަށް، އާންމުކޮށް މި ފުޅިތަކުން ފެންނަ ލޭބަލާ ތަފާތު، ވަކިން ހާއްސަ ލޭބަލެއް ވަނީ ހިމަނާފަ އެވެ.

ގަތަރަށް ދިއުމުގެ ފުރުސަތުގެ އިތުރުން މިފަހަރުގެ ލަކީޑްރޯގައި އިތުރު އިނާމުތައް ވެސް ލިބޭނެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ގޭމިން ކޮންސޯލެއް ނުވަތަ މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާ ރަސްމީ ބޯޅަ ކަމަށްވާ 'އަލް ރިހްލާ ޕްރޯ' ބޯޅައިގެ އިތުރުން ކޮކާކޯލާ ކޭސް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ލަކީޑްރޯގެ ކޮންމެ ދުވަހެއްގެ އަދި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިން ހޮވާނީ މި މަހުގެ 10 އިން ފެށިގެން އަށް ހަފްތާ ވަންދެން، ކޮންމެ ހޮނިހިރު ދުވަހެއްގެ 19:45 އިން 19:55 އަށް ޓީވީއެމް މެދުވެރިކޮށް ވަގުތުން ގެނެސްދޭ ގުރުއަތެއްގަ އެވެ.

މި ލަކީޑްރޯއާ ގުޅޭ އިތުރު މައުލޫމާތު ކޮކާކޯލާ މޯލްޑިވްސްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުން ލިބޭނެ އެވެ.

މިރޭގެ ހަފްލާގައި ކޮކާކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި ގޮތުގައި ކޮކާ ކޯލާއާއި ފުޓުބޯޅަ ވަނީ ގުޅި ލާމެހިފަ އެވެ.

"ކުރިއަށް އޮތް ތިން މަސްދުވަހަށް އަޅުގަނޑުމެން ރާވާފައިވާ ޕްރޮމޯޝަންތަކާއި މުބާރާތްތައް އަދި އެކި ހަރަކާތްތަކުން ދައްކުވައިދެނީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ފީފާ ވޯލްޑް ކަޕްގެ އުފާވެރިކަމާއި ހަގީގީ އިހުސާސްތައް އެ މީހުންގެ ގޭދޮށަށް ގެނެސްދިނުމާ އެކު، ފުޓުބޯޅަ އަކީ ހަގީގަތުގައި ވެސް މުޅި ދުނިޔޭގެ ކުޅިވަރެއްގެ ގޮތުގައި ހެދުމަށް ކޮކާކޯލާ އިން ދޭ އަހައްމިއްޔަތުކަން." އޭނާ ވިދާޅުވި އެވެ.

ލަކީޑްރާގެ އިތުރުން ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާ އިން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް މެޗުތައް ދެއްކުމާއި ޝައުގުވެރި ޕްރޮމޯޝަންތަކާ އަދި މި ނޫން ވެސް އެތައް ކަމެއް މެދުވެރިކޮށް ފޯރުކޮށްދެމުން ދާނެ ކަމަށް ކޮކާ ކޯލާ މޯލްޑިވްސް އިން ބުނެ އެވެ.

'ކޮކާ-ކޯލާ ފޭން ޒޯން'ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަން މިރޭ ވަނީ އިއުލާނުކޮށްފަ އެވެ. މި ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ ވައުދުތައް ވެގެން އެ މީހުންގެ އެންމެ ލޯބިވާ ޓީމަށް އޮތް ލޯބި ދައްކާލެވޭނެ އެވެ.

ކޮކާކޯލާ އާއި ވޯލްޑް ކަޕް

ކޮކާކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހިގެން ދިޔަ މި ގުޅުމުގެ ތެރެއިން، ކޮކާކޯލާ އިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕްގެ ކޮންމެ މުބާރާތެއް ވެސް ސްޕޮންސާކުރަމުންނެވެ. ކޮކާކޯލާ އިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ފީފާ ވޯލްޑް ކަޕްމުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފަ އެވެ.

ކޮކާ-ކޯލާ އިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ވެސް އިންތިޒާމްކޮށްފަ އެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާ އެކު ދިވެހިންނަށް މި ތަފާތު ތަޖުރިބާ ލިބުމުގެ ޝަރަފު ވަނީ ލިބިގެން ގޮސްފައިވެ އެވެ.

މި ސީޒަނަށް، ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުޅުންތެރިން ކަމަށްވާ އިކަ ކަސިއެލާސް އާއި ކަކާ ވަނީ، ފުރަތަމަ ފަހަރަށް މި މުބާރާތަށް ކޮލިފައިވި 32 ގައުމު ހިމެނޭ ދަތުރެއްގައި ފީފާ ވޯލްޑް ކަޕްގެ އޮރިޖިނަލް ޓްރޮފީ ފުރުވާލާފަ އެވެ. ފީފާ ވޯލްޑް ކަޕް ޓްރޮފީގެ އޮރިޖިނަލް ޓްރޮފީ ދުބާއީގެ ކޮކާކޯލާ އެރީނާގައި ދައްކާލާފައި ވަނީ، 51 ގައުމަކާއި ސަރަހައްދަކަށް ދަތުރުކޮށް، ފަސް ވަނަ ދަތުރު ފެށުމުގެ ކުރިންނެވެ.