Advertisement

7 އަހަރު ތެރޭ އިނާކީ ވިލިއަމްސް އަށް ފުރަތަމަ ފަހަރަށް ލީގު މެޗެއް ގެއްލުމުގެ ބިރު

30 އޮގަސްޓު 2022 - 14:17 0


7 އަހަރު ތެރޭ އިނާކީ ވިލިއަމްސް އަށް ފުރަތަމަ ފަހަރަށް ލީގު މެޗެއް ގެއްލުމުގެ ބިރު

30 އޮގަސްޓު 2022 - 14:17 0

ބިލްބާއޯ (އޮގަސްޓް 30) - މިދިޔަ ހަތް އަހަރެއްހާ ދުވަސް ތެރޭ އެތުލެޓިކް ބިލްބާއޯގެ ފޯވާޑް، އިނާކީ ވިލިއަމްސް އަށް ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގު މެޗެއް ގެއްލުުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އިނާކީ ވިލިއަމްސް، 28، ވަނީ މެދު ކެނޑުމެއް ނެތި ހަ އަހަރާއި ބައި ތެރޭ ސްޕެނިޝް ލީގުގައި 236 މެޗު ކުޅެފަ އެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ގަވާއިދުން ހުރިހާ މެޗެއްގައި ކުޅެގެން ހަދާފައިވާ ރެކޯޑެކެވެ.

އަނިޔާގެ މައްސަލައެއް ދިމާނުވެ، ސްޕެނިޝް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ އިނާކީ ވިލިއަމްސް އަތުގަ އެވެ.

އެކަމަކު، ސްޕެނިޝް ލީގުގައި ބިލްބާއޯ އިން އެންމެ ފަހުން ކުޅުނު މެޗުގައި ކަޑިޒްއާ ދެކޮޅަށް 54 ވަަނަ މިނިޓްގައި އިނާކީ ވިލިއަމްސް އަށް އަނިޔާވެގެން ބަދަލުކޮށްފަ އެވެ. އެއީ އޭނާގެ އުކުޅު ވަޅަށް ލިބުނު އަނިޔާއަކާ ހެދިގެންނެވެ. ބިލްބާއޯ ދެން އެންމެ އަވަހަށް ކުޅޭ މެޗު އޮތީ އަންނަ އާދިއްތަ ދުވަހު އެވެ. އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ އެ މެޗަށް ފިޓްވާން އިނާކީ ވިލިއަމްސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މިދިޔަ ޖުލައި މަހު އިނާކީ ވިިލިއަމްސް ވަނީ ގާނާ ގައުމީ ޓީމަށް ކުޅެން ނިންމައިފަ އެވެ. އިނާކީ ވިލިއަމްސް ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ އިތުރުން، ސްޕެއިންގެ ސީނިއާ ޓީމަށް އެކުވެރިކަމުގެ މެޗެއްގައި ކުޅެފަ އެވެ. އެކަމަކު، ސްޕެއިން ސީނިއާ ޓީމުން ފުރުސަތު ނުލިބޭތީ ގާނާ ތަމްސީލްކުރަން ނިންމީ އެވެ.

އަންނަ މަހު ގާނާ އިން ބްރެޒިލާއި ނިކަރަގުއާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އިނާކީ ވިލިއަމްސް ކުޅޭނެ ގާނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.