Advertisement

ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދޭން އެދިއްޖެ

25 އޮގަސްޓު 2022 - 18:09 1

ދަނބިދޫ ކައުންސިލާއެކު ރައީސް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރޭން --


ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދޭން އެދިއްޖެ

25 އޮގަސްޓު 2022 - 18:09 1

ލ އަތޮޅު ކަލައިދޫން ދަނބިދޫއަށް ކޯޒްވޭ އަޅައި ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދޭން އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

މި އަހަރަށް ލަފާކުރި ބަޖެޓްގައި އެ ކޯޒްވޭ އެޅުމަށް 1،095،000ރ ހިމާނާފައިވެ އެވެ. ނަމަވެސް, މިހާތަނަށް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

ލ. ކަލައިދޫ އާއި ދަނބިދޫއާއި ދެމެދުގައި 3،000-3،500 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެ އެވެ. މި މަޝްރޫއުގެ ސަބަބުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫ އެއްފަސްވެގެންދާނެ އެވެ.

ދަނބިދޫގެ ކައުންސިލުން މިއަދު ރައީސްއާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެދިފައިވަނީ ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށެވެ. އެ އެދުމަށް ރައީސް ދެއްވި ޖަވާބެއް, ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އެކަމަކު, ރައީސް އޮފީހުން ބުނީ ދަނބިދޫގައި ހިންގާ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް, ރައީސް ކައުންސިލަށް ދެއްވި ކަމަށެވެ.

މި ކޯޒްވޭއަށް ދަނބިދޫން ވެސް އެދޭއިރު, މި މަޝްރޫއަކީ ކަލައިދޫއަށް ވެސް ވަރަށް މުހިންމު މަޝްރޫއުއެކެވެ.

އެގޮތުން ކަލައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މާޖިދު މީގެކުރިން މި ނޫހަށް ވިދާޅުވި ގޮތުގައި ކަލައިދޫއާ ޖެހިގެން އޮންނަ ދަނބިދޫއާ ކޯސްވޭއަކުން ގުޅާލުމަކީ އެ ރަށު ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައި ތިބި ކަމެވެ.

މަޖީދު ވިދާޅުވީ, ކަލައިދޫއާ އިންވެގެން އޮންނަ އިސްދޫއާމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެއްޖެނަމަ, ކޯސްވޭގެ މަޝްރޫއުއަށް ސަރުކާރުން ސަމާލުކަން ދިނުމުގެ ބިރު އެ ކައުންސިލަށް އެބަ އޮތެވެ. އިސްދޫ އާއި ކަލައިދޫއަކީ ހިޔާލު ތަފާތުވުންތައް ބޮޑު ދެ ރަށެވެ.