23 އޮގަސްޓު 2022 - 09:02 1
ފާތިމަތު އަޖްފާން
23 އޮގަސްޓު 2022 - 09:02 1
ވައްކަން ކުރަން ވަން މީހަކަށް ކޯރާޑިއަކުން ހަމަލާދީ ވަރަށް ބޮޑަށް އޭނާ ޒަހަމްކޮށްލައިފި އެވެ.
މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި ހިންގި މާރާމާރީގައި ކޯރާޑިއަކުން ޖަހައި ޒަހަމް ކޮށްލާފައިވަނީ ބިދޭސީއެކެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހާ އަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. އޭނާގެ ހާލަތާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދާއިރު ފަހަކަށް އައިސް މާލޭގައި ހިންގާ މާރާމާރީތައް ވަނީ އިތުރުވެފަ އެވެ. ނަމަވެސް ރޭގެ މާރާމާރީއަކީ މިހާރު ސިލްސިލާކޮށް މާލޭގައި ހިންގަމުންދާ މާރާމާރީތަކާ ގުޅުން އޮތް މާރާމާރީއެއް ކަމަކަށް ނުބެލެވެ އެވެ.
Comment