Advertisement

ކޮމަންޑޫ ކުރީގެ މިސްކިތް ކުއްޔަށް ދެނީ ގުރުއާން ކްލާސް ހިންގަން: ކައުންސިލް

20 އޮގަސްޓު 2022 - 08:25 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮމަންޑޫ: އެރަށުން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ކުރީގެ މިސްކިތެއް. -- ފޮޓޯ: ކޮމަންޑޫ ކައުންސިލް


ކޮމަންޑޫ ކުރީގެ މިސްކިތް ކުއްޔަށް ދެނީ ގުރުއާން ކްލާސް ހިންގަން: ކައުންސިލް

20 އޮގަސްޓު 2022 - 08:25 0

ކުއްޔަށް ދޫކުރަނީ މިހާރު ނަމާދު ކުރަން ބޭނުން ނުކުރާ މިސްކިތެއް ކަމަށާއި، އެތަން ދޫކުރަނީ ގުރުއާން ކްލާސް ހިންގަން ކަމަށް ށ. ކޮމަންޑޫ ކައުންސިލުން ބުނެފި އެވެ.

ކޮމަންޑޫ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޝައުގުވެރިވާ ފަރާތް ތަކަށް އެރަށު މަސްޖިދުއް ނަޖާހު ކުއްޔަށް ދިނުމަށް ބޭނުންވާ ކަމަށެވެ. އެ އިއުލާނުގައި ކުއްޔަށް ދޫކުރާ ބޭނުން ޖަހާފައިވާ ނެތުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ކޮމަންޑޫ ކައުންސިލްގެ ނައިބް ރައީސް އާދަމް އަބްދުﷲ "އަދަދު" އަށް ވިދާޅުވީ އަންހެނުން ހާއްސަ އެ މިސްކިތް ނަމާދުގެ އަޅުމަށް ބޭނުން ނުކުރާތާ ހަތް އަހަރު ވެފައިވާ ކަމަށެވެ.

"ކުރީގެ ދެ މިސްކިތެއް އެބަ ހުރި، މިހާރު ނަމާދު ކުރަން ބޭނުން ނުކުރާ. މި ރަށުން ބަޔަކު އެދުނީ އެ ތަންތަން ކިޔަވައިދޭން ދޫކުރުމަށް. އެހެންވެ ކުރި އިއުލާނެއް އެއީ،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދުނީ ކުރީގެ މިސްކިތް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިއުލާނުގައި ކުއްޔަށް ދޫކުރާ ސަބަބު ފާހަގަ ކޮށްފައި ނުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ އަންހެނުން ނަމާދުކުރަން ހާއްސަކޮށް ބޭނުންކުރި މިސްކިތެކެވެ.