Advertisement

10 ޓީމުގެ ޓީ20 ޕްރިމިއާ ލީގެއް، ގަދަ ހަތަރެއް ޕްރެޒިޑެންޓްސް ކަޕަށް!

17 އޮގަސްޓު 2022 - 08:39 0

މި އަހަރު ކުރިއަށްދިޔަ ލޯކަލް ކްރިކެޓް މުބާރާތެއްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް


10 ޓީމުގެ ޓީ20 ޕްރިމިއާ ލީގެއް، ގަދަ ހަތަރެއް ޕްރެޒިޑެންޓްސް ކަޕަށް!

17 އޮގަސްޓު 2022 - 08:39 0

އަންނަ ހުކުރު ދުވަހު 10 ޓީމުގެ މެދުގައި ޓީ20 ޕްރިމިއާ ލީގެއް ފަށަން ނިންމާފައިވާ ކަމަށާއި އެ މުބާރާތުގެ ގަދަ ހަތަރެއްގެ މެދުގައި ޕްރެޒިޑެންޓްސް ކަޕެއް ކުޅޭނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ޓީ20 ޕްރިމިއާ ލީގުގައި ބައިވެެރިވެފައިވާ 10 ޓީމަކީ އައިޒީ ސްޕޯޓްސް ކްލަބް، ސީބީއެލް ސްޕޯޓްސް، ވެސްޓް ސްޕޯޓްސް ކްލަބް، ނިއު ސްޓާ، މިލާން ކްރިކެޓް އެކެޑަމީ، މާލެ ސްޕޯޓްސް ކްލަބް، މާލެ ވެޓެރަންސް ކްލަބް، އޮއްފު އެފްސީ، ވިޔަންސާ ސްޕޯޓްސް ކްލަބް އަދި ކޯމެޓްސް ކްރިކެޓް ކްލަބް އެވެ.

މި ފަހަރުގެ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތް ގޮތަށް ބަލާއިރު، ފުރަތަމަ ކުޅޭ ލީގު ބުރުން އެއް ވަނަ އަށް ޗެމްޕިއަންކަން ލިބޭއިރު، ގަދަ ހަތަރެއް ކޮލިފައިވަނީ ޓީ20 ޕްރެޒިޑެންޓްސް ކަޕަށެވެ. މިއީ ރާއްޖޭގެ އެހެން ކުޅިވަރުތަކުގައި ވެސް މުބާރާތްތައް ގެންދާ ފޯމެޓެކެވެ.

ޓީ20 ޕްރެޒިޑެންޓްސް ކަޕަށް އެ ނަން ދިނުމުގެ ހުއްދަތައް ކްރިކެޓް ބޯޑުން ވަނީ ރައީސް އޮފީސް މެދުވެރިކޮށް ހޯދައިފަ އެވެ. އަދި ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޓްރޮފީ ވެސް ރައީސް އޮފީހުން ދޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ ހަތް މަސް ކުރިން ކްރިކެޓް ބޯޑުން ކުރިއަށް ގެންދިޔަ ޓީ20 ކްރިކެޓް ލީގާއި ޓީ20 ޕްރިމިއާ ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ މާލޭ ވެޓެރަންސް އިންނެވެ. އެހެންކަމުން، ކުރިއަށް އޮތް ޓީ20 ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރާ ޓީމުތަކުން ޗެލެންްޖްކުރާނެ އެއް ޓީމަކީ މާލެ ވެޓެރަންސް އެވެ.