Advertisement

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ އަމްޕަޔަރު ޔާމީނަށް ވަރުގަދަ މެޗުތަކެއް

16 އޮގަސްޓު 2022 - 13:44 0

މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ މެޗެއްގެ ތެރެއިން ޔާމީން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ އަމްޕަޔަރު ޔާމީނަށް ވަރުގަދަ މެޗުތަކެއް

16 އޮގަސްޓު 2022 - 13:44 0

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ އަމްޕަޔަރު، މުހައްމަދު ޔާމީން އަށް ވަނީ ރަނގަޅު މެޗުތަކެއްގައި އިންސާފުކުރަން ފުރުސަތު ލިބިއްޖެ އެވެ.

ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ޓީޓީ އަމްޕަޔަރުންގެ ތެރޭގައި ހިމެނޭ ޔާމީން ވަނީ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ޓީޓީގެ ޓީމު އިވެންޓްގެ މެޗުތަކާއި ސިންގަލްސް މެޗުތަކުގައި ވެސް އިންސާފުކޮށްފަ އެވެ.

އެ ގޮތުން ސިންގަލްސް އިވެންޓްތަަކަށް ބަލާއިރު، ގްރޫޕް ސްޓޭޖުގެ ފަސް މެޗެއްގައި އަމްޕަޔަރުކަން ކުރިއިރު، އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް މެޗުތަކެއްގައި ވަނީ އިންސާފުކޮށްފަ އެވެ. ސިންގަލްސްގައި އަމްޕަޔަރުކަން ކުރުމުގައި ޔާމީންގެ އެންމެ ބޮޑު އުސްއައްޔަކީ، ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި އަމްޕަޔަރުކަން ކުރުމެވެ.

މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ޖިބޫޓީ އާއި ބަންގްލަދޭޝްގެ ކުޅުންތެރިން ވާދަކުރި މެޗެއްގެ ތެރެއިން އަމްޕަޔަރު ޔާމީން (މ).-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު


ޓީމު އިވެންޓްގެ މެޗުތަކަށް ބަލާއިރު، ގްރޫޕް ސްޓޭޖުގެ ދެ މެޗަކާއި ފިރިހެނުންގެ ޓީމު އިވެންޓްގެ ކުއާޓާ ފައިނަލަކާއި ސެމީ ފައިނަލެއްގައި ޔާމީން ވަނީ އިންސާފުކޮށްފަ އެވެ.

މިއީ ކަސްޓަމްސްގައި ސުޕްރިޓެންޑެންޓެެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޔާމީން މަލްޓި-ސްޕޯޓްސް ގޭމްސްއެއްގައި އަމްޕަޔަރުކަން ކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް އޭނާ ވަނީ އޮފިޝަލްކަން ކޮށްފަ އެވެ.

ޔާމީން، އަމްޕަޔަރުކަން ކޮށްފައިވާ ބައިނަލްއަގުވާމީ އެހެނިހެން މުބާރާތްތަކަށް ބަލާއިރު، 2017 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕާއި އޭގެ އެއް އަހަރު ފަހުން ރާއްޖޭގައި ބޭއްވި ސައުތު އޭޝިއާ ޖޫނިއާ މުބާރާތާއި ގަތަރުގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އިތުރުން މި އަހަރު ރާއްޖޭގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހިމެނެ އެވެ.