Advertisement

އެއްބާރުލުން ނުދޭތީ ޒިޔަތާއެކު ހެދި އިއުތިރާފުގެ އެއްބަސްވުން ބާތިލުކުރީ އަހަރެއް ކުރިން

14 އޮގަސްޓު 2022 - 21:41 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުރީގެ ނައިބު ރައީސް އަދީބު އަދި ޒިޔަތު: އަދީބުގެ ހެކި ބަލައިގަނެވޭނެ އިތުރު ގަރީނާ ކޯޓަށް ހުށައަޅާފައެއް ނުވޭ--


އެއްބާރުލުން ނުދޭތީ ޒިޔަތާއެކު ހެދި އިއުތިރާފުގެ އެއްބަސްވުން ބާތިލުކުރީ އަހަރެއް ކުރިން

14 އޮގަސްޓު 2022 - 21:41 1

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެއްބަސްވެ، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުން ބާތިލުކޮށްފި އެވެ.

ޒިޔަތު އާއެކު ދައުލަތުން ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ކުރި 32 ދައުވާއަކަށް ވަނީ އިއުތިރާފްވެފަ އެވެ. އެއީ ބޮޑު ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުންދޭން ޝަރުތުކޮށް، އަދަބު ލުއި ކޮށްދިނުމުގެ އެއްބަސްވުމެކެވެ.

ނަމަވެސް، "އަދަދު"އަށް އެނގިފައިވާ ގޮތުގައި ޒިޔަތާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފައި ވަނީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.

އެއްބަސްވުން ބާތިލުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭތީ އާއި ތަހުގީގުން އެނގިފައި ހުރި ބައެއް ކަންކަން ވެސް، ރަނގަޅަށް ކިޔައިދޭން ބޭނުން ނުވުމުގެ އިތުރުން އޭނާ އަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ފައިސާ ދޭން އެއްބަސް ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް މާދަމާ އަށް ތާވަލުކުރެވިފައިވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގެ އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ޒިޔަތު ހެކިބަސްދޭނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

2020ވަނަ އަހަރު ޒިޔަތާއެކު ޕީޖީން އެއްބަސްވުމެއް ހަދާފައިވަނީ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަޝްވަރާކުރުމަށްފަހު އެވެ.

އެ އެއްބަސްވުމުގައި ޒިޔަތުގެ އަދަބަށް ލުއި ގޮތެއް ހެދުމަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ. އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނު ގޮތަށް 2020 ވަނަ އަހަރުގެ ޑިސެމްބަރުގައި 11 އަހަރުގެ ޖަލު ހުކުމެއް ޒިއަތުއަށް އިއްވި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ފަހު އޭނާ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ސިއްހީ ހާލަތަށް ރިއާއަތްކޮށް ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.