Advertisement

ޝިއާގެ ޖަނާޒާ މިރޭ ފުވައްމުލަކުގައި ބާއްވަނީ

14 އޮގަސްޓު 2022 - 11:37 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި އެޕާޓްމަންޓުން އޭނާގެ ހަށިގަނޑު ނެރެނީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


ޝިއާގެ ޖަނާޒާ މިރޭ ފުވައްމުލަކުގައި ބާއްވަނީ

14 އޮގަސްޓު 2022 - 11:37 0

މާލޭގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ޝިއާއު "ޝިއާ" މުހައްމަދު ސައީދުގެ ޖަނާޒާގެ މިރޭ ޏ. ފުވައްމުލަކު ސިޓީގައި ބާއްވަން ނިންމައިފި އެވެ.

ހ. ޝީރީންވިލާގައި މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭނާގެ ހަށިގަނޑު ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ޝިއާގެ ކަށުނަމާދު ބާއްވަން ހަމަޖެހިފައި ވަނީ ފުވައްމުލަކު، މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައި މިރޭ އިޝާ ނަމާދަށްފަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާގެ ޖަނާޒާ، އޭނާގެ އުފަން ރަށުގައި ބާއްވަނީ އާއިލާއިން އެދިގެންނެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ޝިއާގެ ހަށިގަނޑު ފުވައްމުލަކަށް ގެންދާނެކަން އެނގިފައިވެ އެވެ.

ޝިއާ މަރާލި މައްސަލާގައި ހައްޔަރު ކުރި މީހަކީ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކޯޓުން އަމުރުކުރި އިރު، ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ޝާހިލް ފިޔަވައި އިތުރު މީހަކަށް މި މައްސަލާގައި އަދި ތުހުމަތު ނުކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކުށުގެ ރެކޯޑެއް ވެސް މިހާތަނަށް ނެތް ޝާހިލް އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިއާ މަރާލި ކަމަށް ޝާހިލް މިހާތަނަށް އެއްބަސްވެފައެއް ނުވެ އެވެ. ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖެއިން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ.