Advertisement

ޝަރުއީ ނިޒާމު އޮތީ މަރުގެ އަދަބަަށް ހުރަސް އެޅޭ ގޮތަށް: ޔާމީން

13 އޮގަސްޓު 2022 - 14:44 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެެެރިންނާ ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ގޮތުން މަރުގެ އަދަބަށް ހުރަސް އެޅޭކަމަށް. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޝަރުއީ ނިޒާމު އޮތީ މަރުގެ އަދަބަަށް ހުރަސް އެޅޭ ގޮތަށް: ޔާމީން

13 އޮގަސްޓު 2022 - 14:44 0

މަރުގެ އަދަބު ތަންފީޒުކުރުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގައި ކަންތައްތައް ވަމުން އަންނަ ގޮތަކީ އެކަމަށް އޮތް ހުރަހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތިދުވަހުގެ ރޭ ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ މަރުމަރުހިފުމަށް އެޅިފައިވާ ގިނަ ހުރަސްތަކެއް އެބަހުރި ކަމަށާއި ޝަރުއީ ނިޒާމުގައި ކަން ހިނގާ ގޮތަކީ އޭގެ އެއް ހުރަސް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޝަރުއީ މަރުހަލާ ފެށޭ ހިސާބަކީ މައްސަލައެއްގެ ތަހުގީގު ކަމަށް ވާ އިރު ރާއްޖޭގައި ކުރާ ޖިނާއީ ތަހުގީގުތަކަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށެވެ.

"ދިވެހިރާއްޖޭގައި ތަހުގީގުތައް މިކުރެވެނީ ކިހިނެތްތޯ؟ ދިވެހިރާއްޖޭގައި މިކުރެވޭ ތަހުގީގުތަކާ ދޭތެރޭގައި ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އެބަ އޮތްތޯ؟،" ޔާމީން ސުވާލު އުފެއްދެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަރަށް މަރުހިފުމަކީ އެމަނިކުފާނު ގަބޫލުކުރައްްވާ ކަމަކަށް ވިޔަަސް ރާއްޖޭގައި ކުރާ ތަހުގީގުތަކުގެ ފޭރާން [ރަނގަޅުކަމަށް] އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ. ތަހުގީކުރާ ގޮތާއި ފަނޑިޔާރުން އަމަލުކުރައްވާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގިސޯސްއާ ދޭތެރޭގައި އަދިވެސް އަޅުގަނޑުގެ ވިސްނުމަކަށް ބަދަލެއް ނާދޭ. އެހެން ނަމަވެސް އޭގައި ހުރި ހުރަސްތައް، އޭގައި ހުރި އުނދަގޫތައް މި ދެންނެވީ. ތަހުގީގުގެ ފޭރާމާ، ތަހުގީގުކުރާ އިރު ޕްރިޖުޑިސް އޮވޭތޯ، ތަހުގީގުކުރާ އިރު ފްރޭމްކުރުމުގެ މަސައްކަތް ކުރެވޭތޯ. ތަހުގީގުގެ ކޮލިޓީއަކީ ކޮބައިތޯ، ފަނޑިޔާރުންނާ ހަމައަށް ދިޔައިމަ ކަންތައްތައް ހިނގަމުންދާ ގޮތް،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ސުޕްރީމްކޯޓުން ނިންމާފައި ހުރި ބައެއް ނިންމުންތައް ހަމަ ސުޕްރީމްކޯޓުން ބަދަލުކޮށްފައި އެބަހުއްޓެވެ. ޔާމީން ސުވާލުކުރެއްވީ މީހަކު މަރާލާފައި (މީހަކަށް މަރުގެ އަދަބުދީފައި) ކުރިން ކޮށްފައިވާ ހުކުމެއް އެގޮތަށް މުރާޖައާ ކުރާނީ ކިހިނެތްތޯ އެވެ.

"މިހާރު ސުޕްރީމްކޯޓުން ނިންމަވާފައި އޮންނަ އެތައްް މައްސަލައެއް، އަނެއްކާވެސް ހަމަ އެ ސުޕްރީމްކޯޓުން ނިންމަވާފާނެ އަލުން މުރާޖައާކޮށްފަ އަނެއްކާވެސް ނިއުޅާލަނީ އެއީ ނުވާ ކަންތައްތައް ގޮތަށް. މަދެއް ނޫން ދެއްތޯ އެގޮތަށް ނިންމަވާފައި ހުރި ކަންތައްތައް،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި މަރުގެ އަދަބު ތަންފީޒުކުރަން ނުފެށުނީ މަރުގެ ހުކުމެއް ޝަރުއީ އެންމެ ފަހު މަރުހަލާއާ ހަމައިން ނިމިގެން އައިސްފައި ނުވާތީ އެވެ. އޭގެ އިތުރަށް އެ އަދަބު ތަންފީޒުކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް ބޮޑެތި ދަތިތައް ހުރި ކަމަށް ވިދާޅުވި އެވެ.