Advertisement

"އަޕްގްރޭޑް ޔުއާ ވާލްޑް" ޓެގްލައިނާއެކު އުރީދޫ ގްރޫޕް ރީބްރޭންޑުކޮށްފި

10 އޮގަސްޓު 2022 - 18:25 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫ ގްރޫޕްގެ އާ ލޯގޯ. -- ފޮޓޯ: އުރީދޫ ގްރޫޕް


"އަޕްގްރޭޑް ޔުއާ ވާލްޑް" ޓެގްލައިނާއެކު އުރީދޫ ގްރޫޕް ރީބްރޭންޑުކޮށްފި

10 އޮގަސްޓު 2022 - 18:25 0

މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ އަދި ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދު ގްރޫޕް ރީބްރޭންޑްކޮށްފި އެވެ.

"އަޕްގްރޭޑް ޔުއާ ވާލްޑް" ޓެގްލައިނާއެކު އުރީދޫ ގްރޫޕުގެ ލޯގޯ ބަދަލުކޮށްފައިވާއިރު، އުރީދޫއިން ބުނީ މި ޓެގްލައިނުން ރަމްޒުކޮށްދެނީ އިންސާނުންނަށް ކުރިއެރުމަށް ފަހިކޮށްދީ، އީޖާދީ ވިސްނުމާއެކު އިންޑަސްޓްރީގައި ކުރިއަރަން ކުރަމުންދާ މަސައްކަތްތައް ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން އުރީދޫ ގްރޫޕްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމާ އެކު ހިއްސާދާރުންނަށް އަގު އިތުރުކޮށްދިނުމުގެ ބޭނުމުގައި އެ ކުންފުނީގެ ވިޔަފާރީގެ ހުރިހާ ކަމެއްގައި ބަދަލުކުރަން ގެންނަމުންދާ ބަދަލުތަކަށް އިތުރުވީ ކަމެއް ކަމަށެވެ. އަދި އަޕްގްރޭޑް ޔުއާ ވާލްޑަކީ އެ ކުންފުނިން ކުރާ ހުރިހާ ކަމެއްގައި ކަސްޓަމަރުންނަށް އިސްކަންދޭކަން އަންގައިދޭ ފުރިހަމަ ޓެގްލައިނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން އިތުރަށް ބުނީ މި ބަދަލާއެކު ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކޮށްދޭން ކަސްޓަމަރުން ބޭނުންވާ ކަންކަން އިހުތިޔާރު ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. އަދި ނެޓްވާކްތަކަށް އިންވެސްޓުކޮށް އެ ކުންފުނީގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ފުޅާކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

މިހާރު ވެސް އެ ކުންފުނިން މުވާސަލާތީ ހިދުމަތްދޭ ފަސް ގައުމެއްގައި، އެއީ ރާއްޖެ އާއި ގަތަރާއި ކުވެއިތުގެ އިތުރުން އޮމާނާއި އިންޑޮނޭޝިއާގައި، "އިންޓަނެޓް އޮފް ތިންގްސް" އަދި ޑޭޓާ އެނަލިޓިކްސްއަށް ފަހިކޮށްދޭ 5ޖީ ހިދުމަތް ލިބެ އެވެ. އަދި އެ ކުންފުނިން ތައާރަފުކޮށްފައިވާ އެޕްތަކުގެ ޒަރިއްޔާއިން މޮބައިލް މަނީ ހިދުމަތް ދަނީ ފުޅާކުރަމުންނެވެ.

ދާދި ފަހުން އުރީދޫ މޯލްޑިވްސްއިން ވަނީ މުޅި މާލެއަށް 5ޖީ ހިދުމަތް ފުޅާކޮށް، ކައިރި މުސްތަގުބަލެއްގައި ގްރޭޓާ މާލެ ސަރަހައްދަށް އެއްކޮށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ދަނީ ކުރަމުންނެވެ.