Advertisement

ޝާހިލް މަސައްކަތްކުރީ ޝިއާގެ ހަށިގަނޑު ނައްތާލަން؟

7 އޮގަސްޓު 2022 - 17:00 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދު (ޝިއާ) -- ފޮޓޯ: އަހުމަދު އަލީ


ޝާހިލް މަސައްކަތްކުރީ ޝިއާގެ ހަށިގަނޑު ނައްތާލަން؟

7 އޮގަސްޓު 2022 - 17:00 0

ރޭ ދަންވަރުގެ ވަގުތެއްގައި ހ. ޝީރީންވިލާގައި ޒުވާން އަންހެން ކުއްޖަކު މަރަލާފައި އޮއްވާ ފެނުނު ހަބަރު ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައިރުވެސް އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރިކޮށްލާފައި ހުރިކަމަށް ވާހަކަ ދެކެވުނެވެ.

އެ ގޮތަށް ބެލެވެން ފެށުނީ ކްރައިމް ސީން އިން ފޮރެންސިކް ފުލުހުންތަކެއް ދެ ބޮޑީ ބޭގެއް ނެރުމުންނެވެ. ހަށިގަނޑު ލުމަށް ބޭނުން ކުރާ ދެ ކޮތަޅެއްގައި ނެރެން ޖެހޭނީ ގުނަވަންތައް ވަކިކޮށްލާފައި އޮތުމުން ކަމަށް އޭރުވެސް ބެލެވުނެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ބޮލާއި ދެ އަތާއި ދެ ފައި ވެސް އޮތީ ހަށިގަނޑުން ވަކިކޮށްލައިފަ އެވެ.

"ދެ ވަޅިއެއް އޮތް، ބެލެވެނީ އެ ދެ ވަޅި ބޭނުންކޮށްގެން ކުރި ކަމެއް ކަމަށް،" އޭނާ ބުންޏެވެ.

މި ދެ ވަޅި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފަ އެވެ. އަދިވެސް އިތުރު ބައެއް ތަކެތި ހެކީގެ ގޮތުގައި ފުލުހުން ވަނީ އެ ތަނުން ނަގައިފަ އެވެ.

ޝީރިންވިލާގެ ނުވަވަނަ ފަންގިފިލާއިން ނެރެގެން 10 އެވިޑެންސް ބޭގް ފުލުހުން ގެންދިޔަތަން "އަދަދު" ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

"ހަށިގަނޑު އޮތީ ސިޓިން ރޫމުގައި، ބުރިކޮށްލި ގުނަވަންތައް ހުރީ ހަށިގަނޑާއި ވަކިން ދުރުގައި، އެ އެޕާޓްމަންޓް ތެރޭގައި" މައުލޫމާތު ދިން މަސްދަރުން ކިޔައިދިނެވެ.

ހާދިސާ ހިނގައިދިޔަ ތަނަށް "އަދަދު" ގެ ނޫސްވެރިން ގޮސް ވަދެ ބެލިއިރު، ސިޓިން ރޫމުގައި ލަގެޖް ފޮށްޓެއް ބަހައްޓާފައި ހުއްޓެވެ. އެ ފޮށީގައި ހެދުންތަކެއް އަޅާފައިހުރިއިރު، އެ ފޮށިތެރޭގައި ހުރި ކަމަށް ބެލެވޭ ބައެއް އަންނައުނުތަކާއި އެހެނިހެން ސާމާނު ސިޓިންގރޫމު ތެރެއަށް އުކާލާފައި ކަހަލަ ގޮތަކަށް ހުއްޓެވެ.

ފުލުހުން އަންނަނީ އެގެޔަށް ވަދެނުކުމެ ހަދާ ހުރިހާ އެންމެންގެ މައުލޫމާތުތައް ވެސް ނަގައި ބަލަހައްޓަމުންނެވެ. ފުލުހުންގެ ތަހުގީގު ޓީމުން އެތަން ދޫކޮށްލާނޭ ވަގުތެއް އަދި ނޭނގެ އެވެ.

ޝިއާ މަރާލި ތަނުގައި ހުއްޓާ ރޭ ހައްޔަރުކުރި އަލީ ޝާހިލް، 23، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ.