Advertisement

އިންޑިއާގެ ނައިބު ރައީސް ކަމަށް ޖަގްދީޕް ދަންކަރް

7 އޮގަސްޓު 2022 - 08:07 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަގްދީޕް ދަންކަރްއަކީ ބީޖޭޕީގެ ކެންޑިޑޭޓް. -- ފޮޓޯ: ބްލޫމްބާގް


އިންޑިއާގެ ނައިބު ރައީސް ކަމަށް ޖަގްދީޕް ދަންކަރް

7 އޮގަސްޓު 2022 - 08:07 0

އިންޑިއާގެ ނައިބު ރައީސް ކަމަށް ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ކެންޑިޑޭޓް ޖަގްދީޕް ދަންކަރް ހޮވިއްޖެ އެވެ.

މިހާރުގެ އިންޑިއާގެ ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ އެންމެ އިސް ދެ މަގާމުގައި ވެސް ތިއްބަަވާނީ ބީޖޭޕީގެ މެމްބަަރުންނެވެ.

ދަންކަރްއަކީ ވެސްޓް ބެންގޯލް ސްޓޭޓްގެ ކުރީގެ ގަވަރުނަރެވެ. އޭނާއާ ދެކޮޅަށް ނައިބު ރައީސް ކަމަށް ވާދަކުރެއްވީ އިދިކޮޅު ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ކުރީގެ މިނިސްޓަަރު މާގަރެޓް އަލްވާ އެވެ.

ދަންކަރް ނައިބު ރައީސް ކަމަށް ހޮވުނީ ޕާލިމެންޓުގެ 346 ވޯޓުންނެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ކޯލިޝަނަށް ފަސޭހަކަމާ އެކު އެ ވޯޓު ކާމިޔާބު ކުރެވުނެވެ.

ރައީސްގެ މަގާމުގައި ހުންނަވާ ފަރާތެއް އަވަހާރަވުމުން، އިސްތިއުފާ ދެއްވުމުން ނުވަތަ މަގާމުން ދުރު ކުރެއްވުމުން، ރައީސްގެ ޒިންމާތަކާ ހަވާލުވާނީ ނައިބު ރައީސެވެ.

އޭގެ އިތުރުން ޕާލިމެންޓުގެ މަތިގެ ނުވަތަ ރާޖްޔާ ސަަބާގެ ޗެއާމަންކަަން ވެސް ކުރައްވާނީ ނައިބު ރައީސެވެ.

އިންޑިއާގެ އަސްކަރީ ފައުޖުތަކުގެ އެންމެ މަތީ ވެރިޔަކީ ރައީސެވެ. ޕާލިމެންޓުން ސަރުކާރެއް އުފެއްދުމަަށް އެއްބަސްވުމަކަށް ނާދެވޭ ނަމަ، އެކަމުގައި ވެސް ރައީސްގެ ޒިންމާ އޮވެ އެވެ.

އިންޑިއާގެ އާ ރައީސް ކަމަށް ޖުލައި 21 ވަނަ ދުވަހު އިންތިހާބުވީ ދްރޫޕަރީ މުރްމޫ އެވެ. ބީޖޭޕީއިން އައި މުރްމޫއަކީ ގަބީލާއަކަށް ނިސްބަތްވާ ލީޑަރެކެވެ.