Advertisement

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ރޭސް ކާމިޔާބުކުރީ ތޮމްސަން-ހެރާ އާއި އޮމޮންޔާލާ

4 އޮގަސްޓު 2022 - 16:26 0

100 މީޓަރުގެ އަންހެން ރޭސް ކާމިޔާބުކުރީ ތޮމްސަން-ހެރާ.-- ފޮޓޯ: އޭއެފްޕީ


ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ރޭސް ކާމިޔާބުކުރީ ތޮމްސަން-ހެރާ އާއި އޮމޮންޔާލާ

4 އޮގަސްޓު 2022 - 16:26 0

ބާމިންހަމް، އިންގްލެންޑް (އޮގަސްޓް 4) - އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ދުވުމުގެ އަންހެން އެއް ވަަނަ އަކީ ޖެމެއިކާގެ އެލައިން ތޮމްސަން-ހެރާ އަދި ފިރިހެނުންގެ ރޭސް ކާމިޔާބުކުރީ ކެންޏާގެ ފާޑިނަންޑް އޮމޮންޔާލާ އެވެ.

އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގެ 100، 200 މީޓަރު ރޭހުން ރަން މެޑަލް ހޯދި އުމުރުން 30 އަހަރުގެ ތޮމްސަން-ހެރާ ރޭ ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ ދުވުމުގެ ރޭސް ނިންމީ 10.95 ސިކުންތުންނެވެ. މިއީ އޭނާ ކޮމަންވެލްތު ގޭމްސްގެ ރަން މެޑަލް އެޅި ފުރަތަމަ ފަހަރެވެ. މިއީ، ތޮމްސަން-ހެރާ އަށް ލިބުނު ހިތްހަމަޖެހުމެކެވެ. މިދިޔަ މަހު، ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ 100 މީޓަރު ރޭހުން ދިޔައީ ތިން ވަނަ އެވެ.

ސަތޭކަ މީޓަރު ރޭހުގައި ދެ ވަނަ ހޯދީ ސެއިންޓް ލޫޝިއާގެ 21 އަހަރުގެ ސްޕްރިންޓަރު، ޖޫލިއަން އަލްފްރެޑް އެވެ. އޭނާގެ ޓައިމިން އަކީ 11.01 ސިކުންތެވެ. ތިން ވަނަ ހޯދީ އިންގްލެންޑްގެ ޑަރީލް ނެއިޓާ އެވެ. އޭނާގެ ޓައިމިން އަކީ 11.07 ސިކުންތެވެ.

100 މީޓަރުގެ ރޭސް ކާމިޔާބުކުރި އޮމަންޔާލާ (ވ) އާއި ތިން ވަނަ އަށް ދިޔަ ސްރީ ލަންކާގެ އަބޭކޫން.-- ފޮޓޯ: އޭއެފްޕީ


އެފްރިކާގެ އެންމެ ބާރު ދުވުންތެރިޔާގެ އޮމޮންޔާލާ، 26، ފިރިހެނުންގެ 100 މީޓަރު ރޭހުން ރަން މެޑަލް ހޯދީ އެންމެ ފަހުގެ ކޮމަންވެލްތު ގޭމްސްގެ މި އިވެންޓް ކާމިޔާބުކުރި ސައުތު އެފްރިކާގެ އަކާނީ ސިމްބީން ބަލިކޮށްފަ އެވެ. އޮމަންޔާލާ ރޭސް ނިންމީ 10.2 ސިކުންތުންނެވެ.

އަކާނީ އަށް ރޭސް ނިންމުނީ 10.13 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ލަންކާގެ ސްޕްރިންޓަރު ޔުޕުން އަބޭކޫން އެވެ. އޭނާ ރޭސް ނިންމީ 10.14 ސިކުންތުންނެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އަށް އައިއިރު އަބޭކޫން ހުރީ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގަ އެވެ. އޭނާ ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައި 10 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ރޭސް ނިންމި ދެކުނު އޭޝިއާގެ ފުރަތަމަ ދުވުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

އިޓަލީގައި ޓްރެއިނިން ހަަދަމުން އަންނަ އަބެކޫން ވަނީ ސްވިޒަލެންޑްގައި މިދިޔަ މަހު ބޭއްވި މުބާރާތެއްގެ 100 މީޓަރު ރޭސް 9.96 ސިކުންތުން ނިންމައިފަ އެވެ. މިއާ އެކު، އޭނާ ވެފައިވަނީ މުުޅި ދުނިޔޭގައި ވެސް 10 ސިކުންތަށް ވުރެ އަވަހަށް އެ ރޭސް ނިންމި 137 ވަނަ އެތުލީޓަށެވެ. ދިހަ ސިކުންތަށް ވުރެ އަވަހަށް (ސަބް10 ރެކޯޑް) އޮތް ދުވުންތެރިން ތިބީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް 32 ގައުމުގަ އެވެ. ލަންކާ އަކީ އެ ލިސްޓުގައި އޮތް ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ.