Advertisement

ކުޑަހުވަދޫން ހައްޔަރުކުރި މީހުންގެ އަދަދު 11 އަށް

4 އޮގަސްޓު 2022 - 15:33 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުޑަހުވަދޫގައި ހިންގި މުޒާހަރާގެ ތެރެއިން-- ފޮޓޯ: ޔުނައިޓެޑް ކުޑަހުވަދޫ


ކުޑަހުވަދޫން ހައްޔަރުކުރި މީހުންގެ އަދަދު 11 އަށް

4 އޮގަސްޓު 2022 - 15:33 0

ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާއާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުޑަހުވަދޫގައި މުޒާހަރާ ކުރަން ފެށީ އެ ރަށު ބަލި މީހަކު މަންޓާ އެއާގެ މަތިންދާބޯޓެއްގައި މާލެ ނުގެނެސްގެނެވެ. މަންޓާއިން ބުނީ އެ ކުންފުނިން ގެންގުޅޭ ބޯޓުތަކުގައި ބަލި މީހުން ގެންދާ ސްޓްރެޗަރު އެރުވޭ ގޮތަށް ހަދާފައި ނުހުންނަ ކަމަށެވެ.

އެ މައްސަލައިގައި ކުޑަހުވަދޫ އެއާޕޯޓުން ބަސް ދަތުރުކުރަން އޮންނަ ތަން ބަޔަކު ނިކުމެ ބައްދާލައި، ފަތުރުވެރިންނަށް ދަތުރު ކުރެވޭނެ ގޮތް ހުއްޓުވާލި އެވެ. އަދި އެކަން ހުއްޓުވަން ދިޔަ ފުލުހުންނާދެމެދު ބައެއް ހަމަނުޖެހުން ހިނގާފައިވެ އެވެ.

އެ ހަމަނުޖެހުމުގައި ހަ މީހުން ހައްޔަރު ކޮށްފައި ވަނީ ރޭގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ، ކުޑަހުވަދޫގައި ކުރިއަށް ދިޔަ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މިއަދު އިތުރު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއާއެކު މިހާރު ހައްޔަރު މީހުންގެ އަދަދު ވަނީ 11 އަށް އަރާފަ އެވެ. އެއީ:

  • 51 އަހަރުގެ ފިރިހެނެއް
  • 45 އަހަރުގެ ފިރިހެނެއް
  • 32 އަހަރުގެ ދެ ފިރިހެނުން
  • 31 އަހަރުގެ ދެ ފިރިހެނުން
  • 29 އަހަރުގެ ފިރިހެނެއް
  • 28 އަހަރުގެ ފިރިހެނެއް
  • 27 އަހަރުގެ ތިން ފިރިހެނުން

އެ ރަށު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް މަންޓާ އެއާއިން އެ މީހުންނާ ބައްދަލުކޮށް މިހާރު ވަނީ މައްސަލަ ހައްލުކޮށްފަ އެވެ. އެއީ އެ ރަށު މީހުން ބޭނުންވާ ގޮތަށް ބަލި މީހުން އުފުލުމަށް ދިމާވާ ދަތިތަކާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.