Advertisement

އެފްއޭއެމް ދެ ވަަނަ ޑިވިޝަން: ބިސްބުރު ބަލިކޮށް ޓެންޓް ސެމީގެ އުންމީދު އާކޮށްފި

4 އޮގަސްޓު 2022 - 03:19 0

ޓެންޓްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އެފްއޭއެމް ދެ ވަަނަ ޑިވިޝަން: ބިސްބުރު ބަލިކޮށް ޓެންޓް ސެމީގެ އުންމީދު އާކޮށްފި

4 އޮގަސްޓު 2022 - 03:19 0

އެފްއޭއެމް ދެ ވަނަ ޑިވިޝަން މުބާރާތުގައި، ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 6-0 އިން މޮޅުވެ، ޓެންޓް ސްޕޯޓްސް ކްލަބް ސެމީ ފައިނަލުގެ އުންމީދު އާކޮށްފި އެވެ.

މި މެޗުން މޮޅުވެ، ޓެންޓް ވަނީ ނުވަ ޕޮއިންޓާ އެކު ގުރޫޕް އެކެއްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ޓެންޓަށް ބާކީ ދެ މެޗު އެބައޮތެވެ. މި ގުރޫޕްގެ އެއް ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބުން ވަނީ 18 ޕޮއިންޓާއެކު، ބާކީ އެއް މެޗު އޮއްވައި ގުރޫޕްގެ އެއް ވަނަ މަގާމާ އެކު ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އޮތް ކުޑަ ހެންވޭރު ޔުނައިޓަޑެވެ. ކުޑަ ހެންވޭރަށް މި ގުރޫޕްގައި ބާކީ އޮތީ އެއް މެޗެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކަކަށް ކުޅުނު ފޯވަޑް ސަފްރާޒް އިބްރާހިމް (ސަފްލޭ) ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ ސްރީ ލަންކާގެ ކުޅުންތެރިޔާ ރުކްސާން މުހައްމަދު މުޖޫބުލް ރަހްމާނާއި މާޒިޔާގެ ޖޫނިއާގެ ޓީމުތަކުން ފެނުނު ޒުވާން ފޯވަޑް މުހައްމަދު އިޔާން ހަސަނެވެ.

މި ގުރޫޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބް އަތުން ކުޑަ ހެންވޭރު ޔުނައިޓަޑް މޮޅުވީ 3-1 އިންނެެވެ. ކުޑެހެންވޭރުގެ ކެޕްޓަން، އިބްރާހިމް ރިޒުހާން (ރިޒްކޯ) ދެ ގޯލު ޖެހި މި މެޗުގައި އެ ޓީމުގެ އަނެއް ގޯލަކީ ޖޭޖޭގެ އިސްމާއިލް އާއިޒް ހަމީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޖޭޖޭގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ހުނެއިފު އެވެ.