Advertisement

ނިޔުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެބަހުރި: އިރާން

2 އޮގަސްޓު 2022 - 10:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އެސްލަމީ. -- ފޮޓޯ: އޭޕީ


ނިޔުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެބަހުރި: އިރާން

2 އޮގަސްޓު 2022 - 10:10 0

އެޓޮމިކް ބޮމެއް އުފެއްދުމުގެ ގާބިލްކަން ހުރި ނަމަވެސް އެފަދަ ހަތިޔާރެއް އުފެއްދުމުގެ އެއްވެސް ވިސްނުމެއް އިރާނުން ނުގެންގުޅޭ ކަމަށް އެ ގައުމުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އެސްލަމީ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ އިސް އެޑްވައިޒަަރު ކަމާލް ހައްރާޒީ ވެސް މިދިޔަ ޖުލައި މަަހު އެގޮތަށް ވިދާޅުވި އެވެ.

އިރާނުން މިހާރު ވެސް ދަނީ 60 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދި ކުރަމުންނެވެ. އެއީ 2015 ވަނަ އަހަރު ސޮއިކުރި ނަމަވެސް، ފަހުން އަމަލު ކުރުން ހުއްޓާލި އެއްބަސްވުމުގައި 3.67 ޕަސެންޓަށް ވުރެ އެތައް ގުނައެއް އިތުރެވެ. ޔުރޭނިއަމް 90 ޕަސެންޓަށް މުއްސަނދިކޮށްފި ނަމަ ނިޔުކްލިއާ ބޮން އުފެއްދޭނެ އެވެ.

އިރާނުގެ ނިޔުކްލިއާ އެއްބަސްވުމަށް އަމަލު ކުރުން އެންމެ ފުރަތަމަ ހުއްޓާލީ 2018 ވަނަ އަހަރު އެމެރިކާއިންނެވެ. އޭގެ ފަހުން އިރާނުން ވެސް އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލި އެވެ.

އެ އެއްބަސްވުމުގެ ދަށުން އިރާނުން ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމް މަޑު ޖައްސާލުމުން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިދެމުން ދިޔަ އެވެ.

އިރާނާ އެކު އެ އެއްބަަސްވުން އަލުން އިއާދަ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.