1 އޮގަސްޓު 2022 - 12:30 0
މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ޓީމު އިވެންޓް މެޗެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
1 އޮގަސްޓު 2022 - 12:30 0
މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ އަންހެން ޓީމު އިވެންޓްގައި މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން "ވޭކަޕް ކޯލެއް" ކަމަށް ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އަދި ކޮމަންވެލްތު ގޭމްސްގައި ޓީމުގެ ކޯޗުގެ ޒިންމާ އުފުލަމުން އަންނަ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭން 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ އަންހެން ޓީމު އިވެންޓް ބައިން ރަން މެޑަލް ހޯދީ ފައިނަލުގައި މޮރިޝަސް ބަލިކޮށްފަ އެވެ. އެކަމަކު، މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މޮރިޝަސްއާ ވާދަކޮށް 3-2 އިން ވަނީ ބަލިވެފަ އެވެ.
"މޮރިޝަސްއާ އެއްކޮށް ވަރަށް ފޯރިގަދަކޮށް ދިޔައީ، ހަމަ މޮރިޝަސްގައި ކުޅުނުހާ ފޯރިގަދަކޮށް މި ދިޔައީ ވަރަށް ޓައިޓްކޮށް، 3-2 އިން ބަލިވީ. ހަމަ، ދީމާ، ފަހު މެޗު ކުޅުނީ ފަހު މެޗު ވެސް 2-2 ސެޓުން އެއްވަރުވެގެން، ފައިނަލް ސެޓަށް ގޮސްފައި، ފައިނަލް ސެޓު ވެސް ޑިއުސް ވެގެން ގޮސް ކޮޅަކަށް ޕޮއިންޓަށް ލިބެމުން ނިންމަން ދެ ފަހަރު ވެސް ލިބިފައި ދިޔައީ އެކަމަކު ވެސް ހަމަ މެޗުގެ ފަހު ޕޮއިންޓް މިސްވެގެން ބަލިވީ،" އޮލިމްޕިކް ކޮމިޓީ މީޑިއާ އަށް ޝިއުރީ ވިދާޅުވި އެވެ.
"ބަލިިވިޔަސް މި ޕޮޒިޓިވްކޮށް ޓީމު ވިސްނަނީ، އެއީ މިސާލަކަށް 3-0 އިންނެއް ނޫން މި ބަލިވީ، 3-2 އިން ބަލިވުމަކީ ވަރަށް ގާތުން އެއްވަރެއްގެ ޓީމެއްކަން އަންގައިދޭ ކަމެއް. މީގެ ވެސް ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނައިގެން ވޭކަޕް ކޯލެއްގެ ގޮތުގައި ޓީޓީ ޓީމުން ނަގަނީ، ދެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކުރިއަށް އޮތީމައާ އެއްކޮށް މި މެޗުތައް ރެކޯޑް ކުރެވިފައި ވަނީ. ހެދުނު މިސްޓޭކްތަކަށް އެޓެންޑްކޮށް އިތުރު ހިތްވަރަަކާ އެކު މަސައްކަތް ކުރުން އޮތީ،"
މޮރިޝަސްއާ ދެކޮޅަށް ރާއްޖޭގެ ޓީޓީ ޓީމަށް ވާދަކޮށްލެވުނު ނަމަވެސް، ދެން ގްރޫޕްގައި ކުޅުނު ދެ މެޗުގައި އޮސްޓްރޭލިއާ އާއި މެލޭޝިއާ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ.
ޝިއުރީ ވިދާޅުވީ މެލޭޝިއާ ޓީމު ވަރަށް ވަރުގަދަ ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް ތަފާތު ސްޓައިލަކަށް ކުޅޭ ކުޅުންތެރިންނާ ވެސް ކުޅެން ޖެހުނު ކަމަށެވެ.
"(ދީމާގެ މެޗުގެ) ފުރަތަމަ ދެ ސެޓު ވަރަށް އުނދަގޫކޮށް ދިޔައީ، އެކަމަކު، އެ ކުޅުންތެރިޔާގެ ގޭމް ރީޑްކުރެވުނު ހިސާބުން ތިން ވަނަ ސެޓުގައި ވަރަށް ރަނގަޅަށް ކުޅުނު. ހަމަ އެ ގޮތަށް ރަފާގެ މެޗު ވެސް ދެން ޑަބަލްސް މެޗު ވެސް ދިޔައީ މި ލެވަލްގެ އެކްސްޕީރިއަންސަށް ހޭނުން މުހިންމު،" ޝިއުރީ ވިދާޅުވި އެވެ.
ޝިއުރީ ވިދާޅުވީ އޮސްޓްރޭލިއާ ނަމުގައި އޮތީ ޗައިނާގެ ޓީމެއް ކަމަށެވެ.
"ޗައިނާ ޓީމުގައި ކުޅެފައި ހަމަ ޗައިނާގެ ކުޅުންތެރިންތަކެއް ސިޓިޒެންޝިޕް ދީފަ ހަމަ ބަދަލުކޮށްފައި އެ ތިބީ. އެ މީހުންގެ ކުޅުންތެރިންކަން ހަމަސާފުކޮށް އެނގޭ. އެކަމަކު، އެ މީހުންގެ ކުޅުންތެރިންނާ އެކު ވެސް ކުޅެގެން އަޅުގަނޑުމެންނަށް އެ ލެވަލްގެ ވެސް އެކްސްޕީރިއަންސް މި ލިބުނީ. ނެގެޓިވްސް އާއި ޕޮޒިޓިވްސް ވެސް ބަލައިގަނެގެން ކުރިއަށް އޮތްތާގައި އެޑްރެސް ކޮށްގެން މި ދަނީ," ޝިއުރީ ވިދާޅުވި އެވެ.
ޓީޓީ ޓީމަށް ދެން އޮތީ މާދަމާ ފަށާ އޯޕަންސް މެޗުތަކެވެ. ޝިއުރީ ވިދާޅުވީ އޯޕަންސް (އިންޑިވިޖުއަލް އާއި ޑަބަލްސް އިވެންޓް) ގައި ބަލިކުރެވޭނެ ގައުުމުތައް އެބަހުރި ކަމަށެވެ. އެކަމަކު، އެއާ މެދު ސީދާ އެއްޗެއް ބުނަން އެނގޭނީ ޑްރޯ ނަގައި ނިމުމުން ކަމަށް ޝިއުރީ ވަނީ ވިދާޅުވެފަ އެވެ.
ޝިއުރީ ވަނީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި މި ލިބޭ ރަނގަޅު މެޗުތަކަކީ މި މަހު ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށް ދާންވާއިރަށް ލިބޭ ރަނގަޅު ތަޖުރިބާއެއް ކަމަށް ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment