Advertisement

ހަ ދުވަހުގެ ދަތުރުފުޅަކަށް ރައީސް ނަޝީދު ސީޝެލްސް އަށް ފުރާވަޑައިގެންފި

22 ޖުލައި 2022 - 19:24 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ގްލާސްގޯއަށް ކުރެއްވި ދަތުރެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް


ހަ ދުވަހުގެ ދަތުރުފުޅަކަށް ރައީސް ނަޝީދު ސީޝެލްސް އަށް ފުރާވަޑައިގެންފި

22 ޖުލައި 2022 - 19:24 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި ހަ ދުވަހަށް ސީޝެލްސަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދު ފުރާވަޑައިގެންފައި ވަނީ މިއަދު އިރުއޮއްސި 6:30ގަ އެވެ.

މި ދަތުރުފުޅަކީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މރ ރޮޖާ މަންސިއެންގެ ދައުވަތަކަށް މާދަމާއިން މި މަހުގެ 28 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުން މަޖިލީހުގެ ސްޕޯކްސް ޕާސަން ހަސަން ޒިޔާއު "އަދަދު" އަށް ވިދާޅުވީ ނަޝީދުގެ ދަތުރުފުޅުގައި އެމަނިކުފާނާ އެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަށް ޒިޔާރަތް ކުރުމުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސާއެކު ރަސްމީ ބައްދަލުކުރެވުމެއް ބާއްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މި ބައްދަލުވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯބަލާ މަޝްވަރާ ކުރައްވާނެ އެވެ.