Advertisement

އުތުރު ސީރިއާގައި ހަނގުރާމަ ފަށައިފި ނަމަ މުޅި ސަރަހައްދަށް ގެއްލުން ވާނެ: ހާމަނާއީ

20 ޖުލައި 2022 - 07:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ: އޭނާ ވިދާޅުވީ އުތުރު ސީރިއާގައި ހަނގުރާމަ ފެށުމުން މުޅި ސަރަހައްދަށް ގެއްލުން ވާނެ ކަމަށް. -- ފޮޓޯ: އޭޕީ


އުތުރު ސީރިއާގައި ހަނގުރާމަ ފަށައިފި ނަމަ މުޅި ސަރަހައްދަށް ގެއްލުން ވާނެ: ހާމަނާއީ

20 ޖުލައި 2022 - 07:45 0

ތެހްރާން، އިރާން (ޖުލައި 19) - ތުރުކީއިން އުތުރު ސީރިއާގައި އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ނަމަ މުޅި ސަރަހައްދަށް ގެއްލުން ވާނެ ކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

ހާމަނާއީ އެގޮތަށް ވިދާޅުވީ ތުރުކީގެ ރައީސް ތަައްޔިބް އުރުދުގާން އަދި ރަޝިއާާގެ ރައީސް ލެޑިމިއަ ޕުޓިން ތެހްރާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އެ ދެ ލީޑަރުންނާ އެކު އިރާނުގެ ރަައީސް އިބްރާހިމް ރައިސީ ވަނީ ސީރިއާ މައްސަަލައިގައި އަންގާރަ ދުވަހު މަޝްވަރާ ކުރައްވާފަ އެވެ.

އުރުދުގާން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ތުރުކީ ބޯޑަރު ކައިރިން ކުރުދީންގެ ހަނގުރާމަވެރިން 30 ކިލޯމީޓަރު ދުރަަށް ޖައްސައި "ރައްކާތެރި ޒޯނެއް" ގާއިމް ކުރުމށް އުތުރު ސީރިއާގައި އަސްކަރީ އޮޕަރޭޝަނެއް ފަށަަން ޖެހިދާނެ ކަމަށެވެ.

އަންގާރަ ދުވަހު ހާމަނާއީ ވިދާޅުވީ އެފަދަ ކަަމެއްގެ ސަބަބުން ސީރިއާ އާާއި ތުރުކީގެ އިތުރުން މުޅި ސަރަަހައްދަށް ގެއްލުން ވާނެ ކަަމަށެވެ.

"ޓެރަރިޒަމާ ދެކޮޅު ވާން ޖެހޭނެ. އެކަމަކު ސީރިއާއަށް އަސްކަރީ ހަމަލާއެއް ދީފި ނަމަ ޓެރަރިސްޓުންނަށް އޭގެ ފައިދާ ވެސް ކުރާނެ،" ހާމަނާއީ ވިދާޅުވި އެވެ.

އޭނާ ގޮވާލެއްވީ ތުރުކީ އާާއި ސީރިއާ އަދި ރަޝިއާާ އާާއި އިރާން ގުޅިގެން އެ މައްސަލަ މަޝްވަަރާކޮށް ހައްލެއް ހޯދުމަށެވެ. އޭގެ އިތުރުން ޓެރަރިޒަމާ ދެކޮޅު ހަނގުރާމަައަށް އިރާނުން ތުރުކީއަށް އެއްބާާރުލުން ދޭނެ ކަމަށް ހާމަނާއީ ވިދާޅުވި އެވެ. އިރާނުގެ ބައެއް ބޮޑެތި ސިޔާާސަތުތައް ކަނޑައެޅުމުގެ ބާރު އޮންނަަނީ ހާމަނާއީ އަށެވެ.