Advertisement

އާސެނަލް ފަހަތަށް ޖައްސާލައި ޔުނައިޓެޑުން އަޔަކްސްގެ ލިސަންޑްރޯގެ ސޮއި ހޯދައިިފި

17 ޖުލައި 2022 - 20:33 0


އާސެނަލް ފަހަތަށް ޖައްސާލައި ޔުނައިޓެޑުން އަޔަކްސްގެ ލިސަންޑްރޯގެ ސޮއި ހޯދައިިފި

17 ޖުލައި 2022 - 20:33 0

މެންޗެސްޓާ (ޖުލައި 17) - އަޔަކްސް އަށް ކުޅެމުން އައި އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް މެންޗެސްޓާ ޔުނައިޓަޑަށް ސޮއިކުރަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ލިސަންޑްރޯގެ ސޮއި ހޯދަން އާސެނަލުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ޓްރާންސްފާ ބާޒާރުގައި ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިއަކީ އާުޖެންޓީނާގެ ގަައުމީ ޓީމުގެ ޑިފެންޑަރެއް ކަމަށްވާ ލިސަންޑްރޯ ،24، އެވެ. ޓެން ހާގް އިރުޝާދުގެ ދަށުން ލިސަންޑްރޯ ވަނީ 2019 ވަނަ އަހަރުން ފެށިގެން އަޔަކްސް އަށް ކުޅެފަ އެވެ.

އަޔަކްސް އިން ވަނީ 49 މިލިއަން ޕައުންޑް (58 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއަކަށް ލިސަންޑްރޯ ޔުނައިޓަޑަށް ދޫކޮށްލުމަށް އެއްބަސްވެފަ އެވެ.

މި ހަފުތާގެ ތެރޭގައި، ލިސަންޑްރޯގެ ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމައި، ޔުނައިޓަޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކުރާނީ އޭނާގެ ވޯކް ޕާމިޓާ އެހެނިހެން ކަންކަން ނިންމުމަށް ފަހު އެވެ.

ލިސަންޑްރޯ ވިއްކާލުމަށް އަޔަކްސް އިން އެންމެ ފުރަތަމަ ދެ ހިޔާލުގައި ތިބި ނަމަވެސް، ޔުނައިޓަޑުން އޭނާ ހޯދުމުގައި ދުލެއް ނުދިނެވެ. ޔުނައިޓެޑް އިން ލިސަންޑްރޯ ހޯދުމުގެ މަސައްކަތް ކާމިޔާބުކުރީ އެ ޓީމުގެ އިސްވެރިން އަމްސްޓެޑަމް އަށް ދަތުރުކޮށް، އަޔަކްސްއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

ލިސަންޑްރޯ އަކީ ޔުނައިޓަޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވި ފަހުން، އެ ޓީމާ ގުޅުނު ތިން ވަނަ ކުޅުންތެރިޔާ އެވެ. ފެޔަނޫޑަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ޒުވާން ޑިފެންޑަރު ޓައިރަލް މަލާސިއާ ޖުލައި މަހުގެ ކުރީކޮޅު ޔުނައިޓަޑާ ގުޅުނުއިރު، ހިލޭ ޓްރާންސްފާއެއްގައި ޑެންމާކްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.