Advertisement

އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް މަސް ދުވަހަށް އެމްއެސް ލައިޓް ހިލޭ

6 ޖުލައި 2022 - 21:58 0

އަމަން ހަލީމް

އަމަން ހަލީމް


އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް މަސް ދުވަހަށް އެމްއެސް ލައިޓް ހިލޭ

6 ޖުލައި 2022 - 21:58 0

އުރީދޫ ފައިބާ ސުޕަނެޓް ކަސްޓަމަރުންނަށް މީޑިއާނެޓުގެ އެމްއެސް ލައިޓް އެޕުގެ މަސް ދުވަހުގެ ފްރީ ޓްރަޔަލްއެއް ލިބޭ އޮފާއެއް ތައާރަފުކޮށްފި އެވެ.

ހަމައެކަނި މާލެއާއި ހުޅުމާލޭގައި ތިބި ސުޕަނެޓް ކަސްޓަމަރުންނަށް ލިބޭ މި އޮފާގެ ދަށުން އެންޑްރޮއިޑް ސްމާޓް ޓީވީއަށް އެމްއެސް ލައިޓް އެޕް ޑައުންލޯޑު ކުރުމަށް ފަހު، ހާއްސަ ކިޔުއާރު ކޯޑެއް ސްކޭންކޮށްގެން މި ފްރީ ޓްރަޔަލްގައި ބައިވެރި ވެވޭނެ އެވެ.

އުރީދޫގެ ސުޕަނެޓް ފައިބާ ބްރޯޑްބޭންޑް ޕްލޭންތަކުން އަވަސް ސްޕީޑުތަކުގައި ބޮޑެތި އެލަވަންސްތައް ލިބޭ ލިބެ އެވެ. އަދި ބޭނުންނުކޮށް ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ބޭނުންކުރަން ޑޭޓާ ރޯލްއޯވާ ހިދުމަތް ލިބެ އެވެ.

އޭގެ އިތުރުން ބްރޯޑްބޭންޑް ހިދުމަތާއެކީ ހިލޭ ލިބޭ ފައިބާ ސުޕަނެޓް ވޮއިސް ހިދުމަތް ވެސް ލިބޭނެ އެވެ. މިއީ ސުޕަނެޓް ކަސްޓަމަރުންގެ ތެރެއިން ގެއިން މަސައްކަތް ކުރާ މީހުންނަށާއި ކުދި ވިޔަފާރިތަކަށް ފައްކާ ހިދުމަތެކެވެ.

ދާދިފަހުން އުރީދޫއިން ވަނީ ގޭމިން އާއި ސްޓްރީމިންއަށް ހާއްސަ ޕެކެއް ތައާރަފުކޮށްފަ އެވެ. އެންމެ ސަތޭކަ ރުފިޔާއަށް ލިބޭ މި ޑޭޓާ ޕެކުން 100 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ ޑޭޓާ ލިބޭނެ އެވެ.