Advertisement

ޕެންޑެމިކުން އަރައިގަތުން: ދާއިމީ ވަޒީފާ ނެތް މީހުންނަށް ހުނަރާއި ތަމްރީން ހިލޭ ދޭ ފުރުސަތެއް!

6 ޖުލައި 2022 - 13:00 0

ފޮޓޯ: ފުވައްމުލަކު ޑައިވް ސްކޫލް


ޕެންޑެމިކުން އަރައިގަތުން: ދާއިމީ ވަޒީފާ ނެތް މީހުންނަށް ހުނަރާއި ތަމްރީން ހިލޭ ދޭ ފުރުސަތެއް!

6 ޖުލައި 2022 - 13:00 0

ޕެންޑެމިކާ ގުޅިގެން ވަޒީފާއަށް އަސަރުކުރި މީހުންނަށާއި ވަޒީފާ ނުލިބިފައި ތިބި މީހުންނަށް ހުނަރާއި ތަމްރީން ހިލޭ ދިނުމުގެ ފުރުސަތުތަކަކަށް ހުޅުވާލައިފި އެވެ.

އެއީ ތިން ދާއިރާ އަކުން 15 ކޯހަކަށް ކިޔެވުމަށެވެ. އޭގެ ތެރޭގައި 'ޕަޑި' އޮޕެން ވޯޓާ ޑާއިވާ ކޯހުން ފެށިގެން 'ޕަޑި" ޑައިވް މާސްޓާ ކޯހާ ހަމައަށް ހިލޭ ތަމްރީންވުމުގެ ފުރުސަތު ވެސް ހިމެނެ އެވެ.

ވޯލްޑް ބޭންކުގެ 'ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓް'ގެ އެހީއާ އެކު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި މި ފުރުސަތަކީ ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އޭގެ ތެރެއިން ވަޒީފާ ގެއްލުނު މީހުން އަލުން ބާޒާރަށް ނެރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ކޯސްތަކުގެ ރަޖިސްޓްރޭޝަން ފީ އާއި ފޮތް އެލަވަންސް އަދި ޓިއުޝަން ފީ އާއި އެގްޒެމިނޭޝަން ފީ ފަދަ ހަރަދުތައް ހަމަޖައްސައިދޭނީ އިކޮނޮމިކް މިނިސްޓްރީން ނެވެ. ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 5000 ރުފިޔާއާ ހަމައަށް ސްޓައިޕެންޑެއް އެލަވަންސްގެ ގޮތުގައި ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ. މިއީ ކޯހުގެ މުއްދަތު ފުރިހަމަވަންދެން ކޮންމެ މަހަކު ދޭ އެލަވަންސެކެވެ.

ސްކިލް ޓްރެއިނިން ދާއިރާތައް

  • އެކައުންޓިން
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ޑައިވިން

އިކޮނޮމިކް މިނިސްޓްރީގެ ޖޮބްސެންޓާ ޕޯޓަލް މެދުވެރިކޮށް ކޯސްތަކަށް އެޕްލައިކުރުރަން މިހާރު ވަނީ ހުޅުވާލާފަ އެވެ. ޕްރޮގްރާމްތަކަށް ޝަރުތު ހަމަވާ ގޮތާއި އެޕްލައިކުރެވޭ ހަމަތައް އެ މިނިސްޓްރީން ނެރެފައިވާ ޓްރެއިނިން ހިންގުމުގެ އުސޫލު ގައި ހިމަނާފައިވެ އެވެ.

ދިގު ލޮކްޑައުން އަކާއެކު ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ޕެންޑެމިކާއެކު ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރި އެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނުވި އެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި، ވަޒީފާގެ ފުރުސަތު ނެތުމުގެ ސަބަބުން އާމްދަނީ އިން މަހުރޫމްވި އެވެ.