Advertisement

މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

3 ޖުލައި 2022 - 20:46 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

3 ޖުލައި 2022 - 20:46 0

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ހަވާލުކުރީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

އަދި އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.

މި މަސައްކަތް އެ ކުންފުންޏަށް ހަވާލު ކޮށްފައިވަނީ 45،998،170.00 ރުފިޔާ އަށް 270 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.