Advertisement

އިރާގުގެ ބޮޑު ވަޒީރު ސައުދީ އަރަބިއްޔާ އާއި އިރާނަށް ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން އަދި އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ހަދޭމީ. -- ފޮޓޯ: މިޑްލް އީސްޓް އޮންލައިން


އިރާގުގެ ބޮޑު ވަޒީރު ސައުދީ އަރަބިއްޔާ އާއި އިރާނަށް ވަޑައިގެންފި

އިރާގުގެ ބޮޑު ވަޒީރު މުސްތަަފާ އަލް ހަދޭމީ ސައުދީ އަރަބިއްޔާ އާއި އިރާނަށް ވަޑައިގެންފި އެވެ.

ހަދޭމީ އާއި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ޖިއްދާގައި ބައްދަލުކުރެއްވީ ހޮނިހިރު ދުވަހުގެ ރެ އެވެ.

ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާއި ސަރަހަައްދީ މައްސަލަތަކުގައި ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ)އިން ބުންޏެވެ.

މިއީ މޭ 2020 ގައި ހަދޭމީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދެ ވަނަ ދަތުރެވެ.

އެމަނިކުފާނު ތެހްރާނަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ހެނދުނެވެ. އިރާނުގެ އިރްނާ ނިއުސް އެޖެންސީން ބުނީ ދެ ގައުމުގެ ގުޅުމާ ބެހޭ މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށެވެ.

ސައުދީ އަރަބިއްޔާ އާއި އިރާނުން ވަނީ 2016 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފަ އެވެ. އެ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ދާދި ފަހުން ވަނީ އިރާގުގައި ބައްދަލުވުންތަކެއް ބާއްވާފަ އެވެ.