Advertisement

ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާ ފުލުހުން ރޫޅާލައިފި

23 ޖޫން 2022 - 17:29 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޔޯގާ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާ--


ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާ ފުލުހުން ރޫޅާލައިފި

23 ޖޫން 2022 - 17:29 0

ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ މިއަދު ކުރިއަށް ގެންދިޔަ އެއްވުން ފުލުހުން ރޫޅާލާއިފި އެވެ.

މި ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާން އިތުރުން ދީނީ އިލްމުވެރިންކަމަށްވާ ޝެއިހް އާދަމް ނިޝާނާއި ޝެއިހު ފަޒްލޫން ވެސް ވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފަ އެވެ. އަދި، މި މީހުންގެ ބަންދަށް މިއަދު ވަނީ މުއްދަތު ވެސް ޖަހައިފަ އެވެ.

ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ އަތޮޅުވެހި ސަރަހައްދަށް ބަޔަކު އެއްވެ މިއަދު ހަވީރު ވަނީ އަޑު އުފުލައިފަ އެވެ. މި މީހުން އެ ސަރަހައްދަށް އެއްވެފައިވަނީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ޕޯސްޓަރުތަކެއް ހިފައިގެންނެވެ.

މާ ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވެފައި ނުވި ނަމަވެސް، ފުލުހުން ވަނީ އެ މީހުން އަތޮޅުވެހިން ކައިރިން ދުރަށް ޖައްސައިފަ އެވެ. އަދި ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދިނުމާއެކު، މުޒާހަރާގެ ބައިވެރިން ވަނީ އެ ތަން ދޫކޮށް ގޮސްފަ އެވެ.

މި މުޒާހަރާގެ ތެރެއިން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންނާ ދެކޮޅަށް އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އިއްޔެ ހައްޔަރުކުރި ހަ މީހުންނާ އެކު ފުލުހުންގެ ބަންދުގައި މި މައްސަލައާ ގުޅިގެން 12 މީހުން އެބަތިއްބެވެ. އިއްޔެ ހަ މީހުންނަށް ބަންދުގެ މުއްދަތު ޖެހި އެވެ. އޭގެ ތެރެއިން ހަތަރު މީހުން ބަންދުކުރަން ކޯޓުން އަމުރުކުރީ 60 ދުވަހަށެވެ. ބާކީ ތިބި ދެ މީހުން ބަންދުކުރީ ފަސް ދުވަހަށެވެ.