Advertisement

ބިދޭސީން ތިބޭތީ މާރުކޭޓުގެ 50 ގޮޅިއެއް ބަންދުކޮށް ޖޫރިމަނާކޮށްފި

23 ޖޫން 2022 - 15:03 4

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ލޭ ލޯކަލް މާރުކޭޓުގައި ހިންގާ ގޮޅިއެއް-- ފޮޓޯ: އަދަދު


ބިދޭސީން ތިބޭތީ މާރުކޭޓުގެ 50 ގޮޅިއެއް ބަންދުކޮށް ޖޫރިމަނާކޮށްފި

23 ޖޫން 2022 - 15:03 4

ބިދޭސީން ގޮޅިތަކުގައި ބެހެއްޓުން މަނާ ކޮށްފައި ވަނިކޮށް ބިދޭސީން ބޭތިއްބުމުން ލޯކަލް މާރްކޭޓާއި ދަތުރުވެރިންގެ މާރްކޭޓުން 50 ގޮޅި ބަންދުކޮށް ޖޫރިމަނާ ކޮށްފި އެވެ.

ބިދޭސީން މާރުކޭޓްތަކުގެ ގޮޅިތަކުގައި މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ވިއްކަން ތިބޭ މައްސަލައިގައި އިކޮނޮމިކް މިނިސްޓްރީން ގަވައިދެއް ހަދާ އަމަލުކުރަން ފެށީ 2020 ވަނަ އަހަރު އެވެ.

އެ ގަވައިދުގެ ދަށުން ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ލާޒިމްކޮޮށް، ރަޖިސްޓަރީ ނުކުރާ އެފަދަ ވިޔަފާރިތައް 10،000ރ. އިން ޖޫރިމަނާ ކުރެވެ އެވެ. އެފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ހުރި ގޮޅިތަކުން 50 ގޮޅި ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ގޮޅިތަކުގެ ވެރިން 2000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އިތުރަށް އެ ގޮޅިތަކުގެ ހިދުމަށް ދޭން ފެށޭނީ ޖޫރިމަނާ ދައްކާ އެ ގޮޅިތަކަށް ދިވެހިން ލުމުން،" އޮފިޝަލް ވިދާޅުވި އެވެ.

ގަވާއިދު ބުނާ ގޮތުން، ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ކައުންސިލުން ދޭ ހުއްދައެއް އޮތް ނަމަ އެވެ.

އަދި ވިޔަފާރިކުރާ ތަން ހުންނަން ޖެހޭނީ ޝަރުތުތައް ފުރިހަމަ ވެފައި ކަމަށް ވެސް އެ ގެވައިދުގައިވެ އެވެ. ގަވައިދުގައިވާ މިންގަނޑަށް އެފަދަ ތަންތަން ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރަން ޖެހޭނެ ކަމަށްވެސްވެ އެވެ.

މާލެތެރޭގައި ބިދޭސީންނާއި އަމިއްލަ ބައެއް ފަރާތްތަކުން ތަކުރާރީ އާއި މޭވާ ވިއްކަން ހާއްސަ މާރުކޭޓްތައް ހަދާ އެފަދަ ތަކެތި ދަނީ ވިއްކަމުންނެވެ. މާލެ ތެރޭގައި މިފަދަ ތަންތަން ބިދޭސީން ހިންގަނީ އެފަދަ ތަންތަން މާލެ މީހުން ބިދޭސީންނަށް ކުއްޔަށް ދޫކުރުމުންނެވެ.