Advertisement

އިންކަމް ސަޕޯޓް އެޕްރެންޓިސްޝިޕް ޕްރޮޖެކްޓާ އާރުޑީސީ ގުޅި، 14 ދާއިރާއަކުން ތަމްރީނު ދެނީ

22 ޖޫން 2022 - 17:02 0

އަމަން ހަލީމް

އަމަން ހަލީމް

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި: އާރުޑީސީން މައިގަނޑު ގޮތެއްގައި އެޕްރެންޓިސްޝިޕްތައް ހުރީ އެ ކުންފުނީގެ ވިޔަފާރިއާ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަމްރީނުތައް ދޭން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


އިންކަމް ސަޕޯޓް އެޕްރެންޓިސްޝިޕް ޕްރޮޖެކްޓާ އާރުޑީސީ ގުޅި، 14 ދާއިރާއަކުން ތަމްރީނު ދެނީ

22 ޖޫން 2022 - 17:02 0

ސަރުކާރުގެ ހަރަދުގައި ތަމްރީނުދޭން ފަށާފައިވާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ތަމްރީނުތައް ހިންގުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ އެކު އިކޮނޮމިކް މިނިސްޓްރީން އެމްއޯޔޫގައި މިއަދު ސޮއިކޮށްފި އެވެ.

އިންކަމް ސަޕޯޓް ޕްރޮޖެކްޓަކީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލުނު މީހުންނާއި އާމްދަނީއަށް އަސަރުކުރި މީހުންނަށް އަމާޒުކޮށް ހިންގާ ތަމްރީނު ޕްރޮގްރާމުތަކެކެވެ. މީގެ ކުރިން އެމްޓީސީސީ އާއި ޕޮލިސް އާއި ޕީއެސްއެމްއާ އެކު ވެސް މިފަދަ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދު އެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެވެ.

މި ޕްރޮގްރާމުގެ ދަށުން އާރު.ޑީ.ސީ އިން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕްގެ ފުރުސަރުތައް ހުޅުވާލެވިގެންދޭނެ ދާއިރާތަކަކީ:

  • ކޮމްޕެނީ އޮޕަރޭޝަން
  • ސައިޓް ސުޕަވިޝަން
  • އިންވެންޓަރީ މެނޭޖްމަންޓް
  • ޕެއިންޓިން
  • އޮޓޮމޭޓިވް މެއިންޓަނަންސް
  • ރެފްރިޖެރޭޝަން އެންޑް އެއާކޮންޑިޝަން މެކޭނިކް
  • ކޮންޕިއުޓަރ ހާޑްވެއާ އެންޑް ނެޓްވާކިން
  • ވެލްޑިން
  • ކާޕެންޓްރީ
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން
  • މޭސަނަރީ
  • ޕުލަމްބިން
  • ހެވީ ވެހިކަލް އޮޕަރޭޝަން
  • ފްރަންޓް އޮފިސް މެނޭޖްމަންޓް

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ކަނޑައެޅިފައިވާ އެކި ދާއިރާތަކުން ފަންނީ ގާބިލުމީހުން ބިނާކޮށް، ވަޒީފާގެ މައިދާނަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ބޭނުންވާނެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތަކެއް އެ ފަރާތްތަކަށް ފަހިކޮށްދިނުމެވެ.

ސަރުކާރު ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން އިންކަމް ސަޕޯޓް އެޕްރެންޓިސްޝިޕް ޕްރޮޖެކްޓުގެ ދަށުން ޑައިވް ސްކޫލްތަކާއި ގުޅިގެން ޑައިވަރުން ތަމްރީނުކުރުމަށާއި، ކޮލެޖުތަކާ ގުޅިގެން އައިސީޓީ ޕްރޮގްރާމްތައް ވެސް ހިންގަން ފަށާފަ އެވެ.