Advertisement

އެއް ލައްކަ ރުފިޔާ ލިބޭ ޕަބްޖީ މުބާރާތަކާ އެކީ ގޭމާސް އަށް އުރީދޫ ނޭޝަން ލޯންޗުކޮށްފި

22 ޖޫން 2022 - 00:25 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫނޭޝަން ލޯންޗުގައި އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދް ހަސަން އަލް-ހަމަދީ: މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ އޮންލައިން ގޭމިން އިތުރަށް ކުރިއަރާނެ ކަމެއް ކަމަށް އުރީދޫން އުއްމީދުކުރޭ. -- ފޮޓޯ: އުރީދޫ


އެއް ލައްކަ ރުފިޔާ ލިބޭ ޕަބްޖީ މުބާރާތަކާ އެކީ ގޭމާސް އަށް އުރީދޫ ނޭޝަން ލޯންޗުކޮށްފި

22 ޖޫން 2022 - 00:25 0

ގޭމް ކުޅޭ މީހުންނަށް ހާއްސަ އިންޓަނޭޝަނަލް ޕްލެޓްފޯމެއް ކަމުގައިވާ "އުރީދޫނޭޝަން - ދި ގޭމާސް ލޭންޑް" އުރީދޫ މޯލްޑިވްސް އިން މިރޭ ލޯންޗުކޮށްފި އެވެ.

މިހާރު ވެސް އުރީދޫ ގަތަރުން ބޭނުންކުރަމުން އަންނަ އުރީދޫނޭޝަން އަކީ މޯބައިލް، ޕީސީ އަދި ގޭމިން ކޮންސޯލްތައް ބޭނުންކޮށްގެން ކުޅޭ މީހުން އެއްތަނަކުން ގުޅާލާ، ހާއްސަ މުބާރާތްތައް ބާއްވާ ގޭމިން ޕްލެޓްފޯމެކެެވެ.

އުރީދޫއިން ވަނީ މި ޕްލެޓްފޯމް ލޯންޗުކުރުން ފާހަގަކުރުމުގެ ގޮތުން ފުރަތަމަ މުބާރާތަކަށް ދިވެހިންގެ މެދުގައި މަގުބޫލު އޮންލައިން ގޭމް "ޕަބްޖީ" މުބާރާތެއް ބާއްވާނެކަން އިއުލާންކޮށްފަ އެވެ. އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު އިނާމެއް ދޭގޮތަށް ބާއްވާ ގޭމިން މުބާރާތެވެ.

މި މުބާރާތާ ބެހޭޭ އިތުރު މައުލޫމާތު އުރީދޫނޭޝަން ވެބްސައިޓުގައި ވަރަށް އަވަހަށް އާންމުކުރާނެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެހެން ގޭމިން މުބާރާތްތައް ވެސް ބާއްވާނެ އެވެ.

ތަފާތު ގޮތަކަށް ބޭއްވި މި ޕްރޮޑަކްޓު ލޯންޗިންގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް-ހަމަދީ ވިދާޅުވީ މިއީ ރާއްޖޭގައި ތިބި ހުނަރުވެރި ގޭމަރުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ތައާރަފުކުރި ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ މިހާރު ކުރިއަރަމުން އަންނަ އީ-ގޭމިން ކުޅިވަރުގައި ދިވެހިންނަށް ފައިހަރުކޮށްލަން ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫ ނޭޝަންގެ ލޯންޗާއެކީ އުރީދޫއިން ވަނީ ގޭމިންއަށް ހާއްސަ ޑޭޓާ ޕެކުތަކެއް ވެސް ލޯންޗުކޮށްފަ އެވެ. ހައިސްޕީޑް އިންޓަނެޓް ލިބޭ މި ޑޭޓާ ޕެކުތަކަކީ ލެޓެންސީ ކުޑަ، އެންމެ ފުރިހަމަ އޮންލައިން ގޭމިން ތަޖުރިބާކޮށްލެވޭނެ އެވެ.

އޭގެ އިތުރުން ޕްލޭސްޓޭޝަން، އެކްސްބޮކްސް، ސްޓީމް އަދި ނިންޓެންޑޯ އާއި އައިޓިއުންސް ހިމެނޭހެން ގިފްޓު ކާޑުތައް އުރީދޫގެ ޕްލެޓްފޯމުތަކުން ދިވެހި ފައިސާއަށް ގަނެވޭނެ އެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފަހުން ބިލް ކުރާ ގޮތަށް ވެސް ގަނެވޭނެ އެވެ.