21 ޖޫން 2022 - 12:11 0
އައިޝަތު ނުޒުހާ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
21 ޖޫން 2022 - 12:11 0
ގދ. ގައްދޫގައި އަޅަން ގަސްދު ކުރި ގޭދޮށު މަސްޕްލާންޓް ހުއްޓުވީ ސަރުކާރުން ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އެ މަސްފެކްޓަރީ ހުއްޓުވި ކަމަށް ބުނެ އެކަން ސާފުކުރަން، ލިޔުމުން ޖަވާބު ހޯއްދެއްވުމަށް ހުށަހެޅީ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އެވެ.
ޒާހިރުގެ ސުވާލުގައި ގޭދޮށު މަސް ޕްލާންޓު ހަދައި ހިންގުމަކީ އެމްޑީޕީގެ ވައުދުނާމާގައި ހިމެނޭ ކަމެއް ކަމަށާއި ވެރިކަންކުރާ ކޯލިޝަންގެ މެނިފެސްޓޯގައި ވެސް ބަލައިގެންފައިވާ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.
ގައްދޫ ކައުންސިލުން ކުރި ބިޑެއްގައި ބޭރުގެ ފަރާތަކުން ގައްދޫ ކައުންސިލާ އެކު ގޭދޮށު މަސް ފެކްޓްރީއެއް ހިންގަން ތައްޔާރުވެ ތިބި ކަމަށް އެ ފަރާތުން ބުނުމާ އެކު އެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓަވައިފައިވާ ސަބަބާއި، ގޭދޮށު މަސް ފެކްޓްރީ އެޅުމުގެ ސިޔާސަތު ބަދަލުކުރަން ކެބިނެޓަށް ހުށަހަޅަން ގަސްތުކުރައްވާތޯ ޒާހިރު ސުވާލުކުރައްވާފައިވެ އެވެ.
މި ސުވާލަށް ލިޔުމުން އަމީރު މިއަދު ދެއްވި ޖަވާބުގައި ސީދާ ޖަވާބެއް ދެއްވާފައި ނުވި ނަމަވެސް، އަމީރު ވިދާޅުވީ ގައްދޫ ކައުންސިލުން އެކަމާ ގުޅިގެން ކުރި އިއުލާނާ ގުޅިގެން ޕްރޮކިއުމެންޓް މަރުހަލާ އަދި އެކަމާ ގުޅޭ އެއްވެސް ކަމެއް މިނިސްޓްރީން ކޮށްފައިނުވާނެ ކަމަށެވެ.
ޖަވާބުގައި ވަނީ ޕްރޮކިއުމެންޓެއްގެ އަގު ފަސް މިލިއަނަށް ވުރެ ބޮޑު ނަމަ އެ ކަމަށް ހުއްދަ ދެވޭނީ ނެޝަނަލް ޓެންޑޯ ބޯޑުން ކަން ވެސް ފާހަގަކޮށްފަ އެވެ.
"ގޭދޮށު މަސްފެކްޓްރީ" އެޅުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ފެކްޓަރީއެއް އެޅުމުގެ ހުއްދައަކަށް އެދިފައި ނުވާތީ މިނިސްޓްރީން ހުއްދައެއް ނުދެ އެވެ. މަސް ފެކްޓްރީ އެޅުން ލަސްވަމުންދާތީ އެމްޑީޕީ މެމްބަރުން ވެސް އަންނަނީ އެކަމާ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. މީގެ ކުރިން މަޖިލީހުގައި ވެސް އެކަމަށް އެކި ފަހަރުމަތިން ބަހުސް ކޮށްފައިވެ އެވެ.
Comment