20 ޖޫން 2022 - 14:53 1
ފާތިމަތު އަޖްފާން
އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި ޑރ. އިޔާޒް މިދިޔަ އަހަރު ވަނީ އެ މަގާމުން ވަކިކޮށްފައި--
20 ޖޫން 2022 - 14:53 1
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ (އެމްއެންޔޫ) އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފަށް ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިޔުނަލުން އަމުރުކޮށްފި އެވެ.
އިޔާޒް ވަޒީފާއިން ވަކިކުރީ، އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. އެ މައްސަލައިގައި އޭނާ ވަޒީފާއިން ވަކި ކުރުމުގެ ކުރިން ވެސް އިޔާޒަށް ނަސޭހަތްދީފައިވެ އެވެ.
ސޯޝަލް މީޑިއާގައި އިޔާޒު ލިއުނު ޕޯސްޓްތަކަކާ ގުޅިގެން އެމްއެންޔޫއިން މިދިޔަ އަހަރު މާޗް މަހުގެ ތެރޭގައި އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދިނުމަށް ފަހު އެވެ. ނަމަވެސް، އިޔާޒް ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގެ ފަހަތުގައި އެހެން ސަބަބުތަކެއް ހުރި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
އިޔާޒް "އަދަދު"އަށް ވިދާޅުވީ މިއަދު ވަޒީފާއާބެހޭ ޓްރައިބިޔުނަލުން، އޭނާއަށް ވަޒީފާ ދިނުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
އިޔާޒު ވަޒީފާ އިން ވަކިކުރިއިރު، އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އޭރު ބަލަން ފެށި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment