19 ޖޫން 2022 - 06:07 1
މުހައްމަދު ނަސީމް
އާސަންދަ ލިބޭ ބޭސްފިހާރައެއްގައި އެކަން އަންގަން ޖަހާފައިވާ ބޯޑެއް. މިއަހަރު އާސަންދައަށް ހަރަދުކުރަން ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި.
19 ޖޫން 2022 - 06:07 1
ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވަައިދު ދެވަނަ ފަހަރަށް ބަދަލުކޮށް، އެކަން ތަންފީޒުކުރުން އަންނަ ޖުލައި މަހާ ހަމައަށް ފަސްކޮށްފައި ވަނިކޮށް، ދައުލަތުގެ ބަޖެޓްގައި އާސަންދައަށް ހަރަދުކުރަން މިއަހަރަށް ކަނޑައެޅި އަދަދަށް ވުރެ، ހަރަދުވި ފައިސާގެ އަދަދު އިތުުރު ވެއްޖެ އެވެ.
މިއަހަރަށް ދައުލަތުގެ ބަޖެޓް ފާސްކުރި އިރު އާސަންދައަށް 730 މިލިޔަން ރުފިޔާ ކަނޑައެޅީ ބޭހުގެ އަގު ކޮންޓްރޯލްކުރާ އުސޫލު ތަންފީޒުކުރާ ގޮތަށެވެ. ފިނޭންސް މިނިސްޓްރީން މިމަހުގެ ދެވަނަ ދުވަހު އާއްމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އެ ތާރީހާ ހަމައަށް، 766.3 މިލިޔަން ރުފިޔާ އާސަންދައަށް ވަނީ ހަރަދުވެފަ އެވެ. މިއީ ބަޖެޓްގައި ކަނޑައެޅި ވަރަށް ވުރެ 33.6 މިލިޔަން އިތުރު އަދަދެކެވެ. އޭގެ ފަހުން ވެސް އާސަންދައިގެ ހިދުމަތް ދެމުން އަންނާތީ ހަރަދުވި އަދަދު މިހާރު ވާނީ އެއަށް ވުރެ ވެސް އިތުރުވެފަ އެވެ.
އެމްއާރްޕީ ކަނޑައެޅުމުން ބޭހުގެ ކޮލިޓީ ދަށް ނުވާނެ
އެންމެ މަތީ އަގު ކަނޑައެޅުމުން ބޭހުގެ ކޮލިޓީއަށް އަސަރުކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެމްއެފްޑީއޭ އިން ބުނީ، އަގު ކަނޑައަޅާފައިވާ ބޭސްތަކަކީ މިހާރު ވެސް މާކޭޓުގައި ހުރި, ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު އެތެރެކުރަން ހުއްދަ ދިން ބޭސް ކަމަށް.
އެމްއާރްޕީ ކަނޑައެޅުމުން ބޭހުގެ ކޮލިޓީ ދަށް ނުވާނެ
އެންމެ މަތީ އަގު ކަނޑައެޅުމުން ބޭހުގެ ކޮލިޓީއަށް އަސަރުކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެމްއެފްޑީއޭ އިން ބުނީ، އަގު ކަނޑައަޅާފައިވާ ބޭސްތަކަކީ މިހާރު ވެސް މާކޭޓުގައި ހުރި, ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު އެތެރެކުރަން ހުއްދަ ދިން ބޭސް ކަމަށް.
ދައުލަތުގެ ބަޖެޓްގައި ވަކި ކަމަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ހަރަދުކުރަން ޖެހިއްޖެ ނަމަ އެ ހަރަދެއް ކުރާނީ އެކަހަލަ ހާލަތްތަކަށް ހާއްސަކޮށް، ފިނޭންސް މިނިސްޓްރީއަށް ދޫކޮށްފައި އޮންނަ ބަޖެޓަކުންނެވެ. އެހެންވީމާ އާސަންދައަށް މިހާރު ހަރަދުކުރަނީ އެ ބަޖެޓުންނެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހެދި "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު" ފުރަތަމަ ގެޒެޓްކުރި އިރު އަގު ކޮންޓްރޯލްކުރަން އޮތީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެކަމަކު އޭގެ ފަހުން އެކަން މާޗްމަހާ ހަމައަށް ފަސްކޮށް ގަވައިދު ބަދަލު ކުރުމަށް ފަހު އޭގެ ފަހުން ވަނީ ޖުލައިމަހާ ހަމައަށް ވެސް ފަސްކޮށްފަ އެވެ.
ބަޖެޓު ތަފާސްހިސާބުތައް ދައްކާ ގޮތުން އާސަންދައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ދަނީ އިތުރުވަމުންނެވެ. އަދި ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓުގައި ލަފާކުރާ ހަރަދަށް ވުރެ އަހަރުގެ ތެރޭގައި އާސަންދައަށް ހިނގާ ހަރަދު ބޮޑެވެ.
އޭގެ ބޮޑު ބަޔަކީ ބޭހަށް ކުރާ ހަރަދެވެ. މިދިޔަ ދެ އަހަރު ވެސް އާސަންދައަށް ކުރި ހަރަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހަރަދު ކުރީ ބޭހަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment