Advertisement

ބޮމުގެ ހަމަލާގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަށް ނަޝީދު އެދިއްޖެ

26 މޭ 2022 - 10:37 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ކުރީގެ ރައީސް ނަޝީދު: ޝަރީއަތްތައް އޮބްޒާވް ކުރުމުގެ ފުރުސަތަކަށް ވަނީ އެދިފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ބޮމުގެ ހަމަލާގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަށް ނަޝީދު އެދިއްޖެ

26 މޭ 2022 - 10:37 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ވަކީލުންނަށް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ގޮއްވާލި ބޮމާ ގުޅިގެން 10 މީހެއްގެ ޝަރީއަތް މިވަގުތު ކޯޓުގައި ކުރިއަށްދެ އެވެ. އޭގެ ތެރެއިން ސީދާ ބޮމުގެ ހަމަލާއާ ގުޅޭ ދައުވާތައް ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އެހެން ދައުވާތައް ކުރެވޭ މީހުން ހިމެނެ އެވެ.

ނަޝީދުގެ ވަކީލުންގެ ފަރާތުން ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލަށް ފޮނުއްވި ސިޓީއެއްގައި އެދިފައިވަނީ 10 މީހުންގެ މައްޗަށް ހިންގާ ޝަރީއަތްތަކުގެ ތެރެއިން ބައެއް އަޑުއެހުންތައް އޮބްޒާވްކުރުމުގެ ފުރުސަތު ދިނުމަށެވެ.

އެގޮތުން, ނަޝީދުގެ ހަތަރު ވަކީލަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން އަމިއްލަ އިއުތިރާފާ އެކު މިހާތަނަށް ކުށް ސާބިތުވެފައިވަނީ އަހުމަދު އަދުހަމަށް އެކަންޏެވެ. އޭނާއާއެކު ދެން ދެން ހަމަލާއާ ގުޅޭ ދައުވާތައް އުފުލީ ތަހްނީމް އަހުމަދާއި މުޖާޒު އަހުމަދާއި އިސްހާގު އާއި ފަހުމީ އަލީ އަދި އަލީ ހައިޝަމްގެ މައްޗަށެވެ.

ހަމަލާއަށްފަހު ހައްޔަރުކޮށް ޓެރަރިޒަމްގެ އެހެން ދައުވާތައް އުފުލާފައިވަނީ މުހައްމަދު ތަސްލީމާއި އަބްދުالله އަލީ މަނިކު އާއި މުހައްމަދު ނާޒިމާއި ހަސަން ޔާސީން އަދި މުހައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.