Advertisement

30 މިނިޓުގެ ކުރު ޖަލްސާއަކުން މަޖިލީހުގެ ދެވަނަ ދައުރު ފަށައިފި

16 މޭ 2022 - 10:44 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


30 މިނިޓުގެ ކުރު ޖަލްސާއަކުން މަޖިލީހުގެ ދެވަނަ ދައުރު ފަށައިފި

16 މޭ 2022 - 10:44 0

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިނިސްޓަރު އަބްދުالله މައުސޫމްއާ ސުވާލުކުރުމަށް ފަހު ޖަލްސާ ނިންމާލައިފި އެވެ.

ދެ ވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު، މިއަދުގެ އެޖެންޑާގައި ހިމަނާފައި އޮތީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާ ސުވާލު ކުރުން އެކަންޏެވެ. މިނިސްޓަރާ ސުވާލު ކުރެއްވީ ތ. ކަނިމީދޫ ރިޒޯޓެއް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

"ކްރޮސް ސަބްސިޑީގެ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށް ގަސްދުކޮށް، އެ ކަމަށް މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުން. މި އުސޫލުން ތ. ކަނިމީދޫ ކުއްޔަށް ދިނުމުގައި ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު އަދި ހާއްސަކޮށް ވިލިފުށީ އެއާޕޯޓް ތަރައްގީ ކުރެވޭ ގޮތަށް އެ ކަންތައް ކުރުން،" ސަރުކާރުގެ ވިސްނުން ހުރި ގޮތް ހިއްސާ ކުރައްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ކަނިމީދޫ ތަރައްގީ ކުރުމަށް އަންސޮލިސްޓެޑް ޕްރޮޕޯސަލް ހުށަހެޅާފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ރަށް ކުއްޔަށް ދޭން ނިންމީ އެ ރަށުން ޓޫރިޒަމަށް މީގެ ކުރިން ހުޅުވާލި 10 ހެކްޓަރުގެ ބިމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅު ނުކުރުމުން ކަމަށެވެ.

މިނިސްޓަރާ ސުވާލުކުރުމަށް ހުޅުވާލި 30 މިނެޓުގެ ފުރުސަތަށް ފަހު، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު އިތުރު އެހެން މަސައްކަތެއް މަޖިލީހަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އެއާއެކު މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ އެވެ.