Advertisement

އިންތިހާބުން އެނގުނީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް ވަރު: ފައްޔާޒް

15 މޭ 2022 - 20:45 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފައްޔާޒް ކާމިޔާބީ ފާހަގަކުރެއްވުމުގެ ތެރެއިން: - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އިންތިހާބުން އެނގުނީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް ވަރު: ފައްޔާޒް

15 މޭ 2022 - 20:45 0

އިއްޔެ ކުރިއަށް ގެންދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުން ހާމަވެގެން ދިޔައީ އެ ޕާޓީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު ކަމަށް ޕާޓީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު ފަހު، ކުރިއަށް ދިޔަ ވާދަވެރި އިންތިހާބު ފައްޔާޒް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އިންތިހާބުގައި ފައްޔާޒް 58 ޕަސެންޓު ހޯއްދެވިއިރު، ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ.

އިއްޔެގެ އިންތިހާބަށްފަހު، އިމްތިޔާޒް މިއަދު ވަނީ ފައްޔާޒަށް މަރުހަބާ ދަންނަވާ، ބަލި ވިޔަސް ޕާޓީގައި ދެމި ހުންނާނެ ކަމުގެ ޔަގީން ކަން ޓްވީޓަކުން ދެއްވަވައިފަ އެވެ. އިންތި ޓްވީޓާ ގުޅިގެން ފައްޔާޒް ވިދާޅުވީ "ވާދަވެރި ސިޔާސީ ހަރަކާތުން" އެނގެނީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު ކަމަށެވެ.

"އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓު ކަމުގައި ވިޔަސް، ކުރިން ވެެސް ދެންނެވި ފަދައިން އަޅުގަނޑުމެން އިންތިހާބަށް ފަހުގައި ތިބޭނީ އެއްކޮށް. މިޕާޓީ ދާނީ އެކީ އެކަށް ކުރިއަށް،" ފައްޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒްގެ އިތުރުން ކެމްޕެއިނު ދުވަސްވަރު ފައްޔާޒަށް އިންތިހާއަށް ފާޑުވިދާޅުވަމުން ގެންދެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފައްޔާޒަށް މަރުހަބާ ދަންނަވައިފަ އެވެ. ނަޝީދު ވިދާޅުވީ ފައްޔާޒްގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.