Advertisement

ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެން ސިޓީއާ މެދު ދެކޭގޮތް ބަދަލުކުރެވޭނެ: ޑި ބްރޭނާ

4 މޭ 2022 - 11:41 0


ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެން ސިޓީއާ މެދު ދެކޭގޮތް ބަދަލުކުރެވޭނެ: ޑި ބްރޭނާ

4 މޭ 2022 - 11:41 0

މެޑްރިޑް (މެއި 4) - މެންޗެސްޓާ ސިޓީ ކްލަބެއްގެ ގޮތުގައި ކުރިއަރައި އެ ޓީމާ ބެހޭގޮތުން މީހުން ދެކޭގޮތް ބަދަލުކުރަން ހޯދަން ޖެހޭނެ ތަށްޓަކީ ޗެމްޕިއަންސް ލީގު ކަމަށް އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފި އެވެ.

ސިޓީ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ޗެލްސީ އަތުން 1-0 އިން ބަލިވެފަ އެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ސިޓީން މިރޭ ރަށުންބޭރުގައި މުހިންމު މެޗަކަށް ނުކުންނާނެ އެވެ. އެއީ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑް ދަނޑުގައި ކުޅޭ މެޗަށެވެ. ފުރަަތަމަ ލެގުގައި ރެއާލް އަތުން ސިޓީ އަމިއްލަ ދަނޑުގައި މޮޅުވީ 4-3 އިންނެވެ.

ފައިނަލަށް ދިއުމުގެ ފުރުސަތު ފަހިވެފައި އޮތްއިރު، ޑި ބްރޭނާ ބުނީ މި މުބާރާތް ކާމިޔާބުކުރަން ސިޓީގެ ކޮންމެ ކުޅުންތެރިއަކާއި ސަޕޯޓަރަކު ވެސް އެދޭނެ ކަމަށެވެ. އެއީ ސިޓީ އަށް މިހާތަނަށް އެ މުބާރާތުގެ ތަށި ހޯދިފައިނުވާތީ އެވެ.

"އަހަރެމެން ވަރަށް ގިނަ އަހަރުތަކެއްގައި މި މުބާރާތް ކުޅެފިން. ވަރަށް ދުރަށް ދަތުރު ވެސް ކޮށްފިން. އެކަމަކު، މިހާތަނަށް ނުވެ އޮތް ކަމަކީ މި މުބާރާތް ކާމިޔާބު ކުރުން. އަހަރެމެންގެ ކޮންމެ ކުޅުންތެރިއަކަށް ވެސް މި ކްލަބަށް ވެސް މި ތަށި ހޯދުން މުހިންމުވާ ސަބަބުތަކެއް އެބަހުރި. ޔަގީނުން ވެސް މި ކްލަބް (ސިޓީ) އެއް ހަރުފަތް މައްޗައް ޖައްސާލަން މަދުވަނީ ޗެމްޕިއަންސް ލީގު،" ޑި ބްރޭނާ ބުންޏެވެ.

ރެއާލާއި ސިޓީ ވަނީ 2015-2016 ވަނަ ސީޒަނުގެ ސެމީ ފައިނަލާއި 2019-2020 ވަނަ އަހަރުގެ ގަދަ 16 ބުރުގައި ވާދަކޮށްފަ އެވެ. އެ ގޮތުން 2015-2016 ވަަނަ އަހަރުގެ ސެމީ ފައިނަލުގައި ސިޓީ ދަނޑުގައި ކުޅުނު ލެގު 0-0 އިން އެއްވަރުވިއިރު، ރެއާލް އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވީ ސިޓީގެ ފެނާންޑީނިއޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

އޭގެ ފަހުން 2019-2020 ވަަނަ ސީޒަނުގެ ގަދަ 16 ބުރުގެ ދެ ލެގުން ވެސް ސިޓީ މޮޅުވީ 2-1 އިންނެވެ.

"ރެއާލާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އަމަދުން މުޅި ޗެމްޕިއަންސް ލީގަކީ ވެސް ވަރަށް އުނދަގޫ މުބާރާތެއް. ރެއާލް ދަނޑުގައި މުހިންމު މެޗަކަށް ނުކުންނައިރު އެޑްވާންޓޭޖެއް އޮތުމަކީ ހިތްހަމަޖެހުމަކަށް ވިޔަސް އެއީ ހުރިހާ ކަމެއްގެ ހައްލެއް ނޫން،" ޑި ބްރޭނާ ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ނުވަ ފަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކޮށްފައިވާއިރު، އޭނާގެ ތަޖުރިބާގެ ބޭނުން ސިޓީ އަށް ހިފިދާނެތޯ އެހުމުން ޑި ބްރޭނާ ބުނީ ލީގު ކަޕް މެޗެއް ވިޔަސް ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅުނަސް ގާޑިއޯލާ އަކީ އޭނާ ބޭނުންވާ ގޭމް ކުޅެން ވަރަށް ތަފްސީލްކޮށް ކުޅުންތެރިންނަށް ބުނެދޭ ކޯޗެއް ކަމަށެވެ.

ރެއާލްގެ ސަންޓިއާގޯ ބާނަބައުގައި މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ ކުޅުން ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.