ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް ކޮމަންވެލްތު ގޭމްސް އިން ފުރުސަތު ދީފި

Apr 26, 2022, 2:01 PM
ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންނަ ޖުލައި މަހުގެ 28 އިން އޮގަސްޓް 8 އަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްގެންދާ ކޮމަންވެލްތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓުން ރާއްޖެ އަށް ފުރުސަތު ދޭން، ވޮލީބޯޅައިގެ ދުނިޔޭގެ މައި އިދާރާ، އެފްއައިވީބީން ނިންމައިފި އެވެ.

މިދިޔަ މަހު ސްރީ ލަންކާގައި ބޭއްވި ކޮމަންވެލްތު ކޮލިފައިންގައި ވާދަކޮށް، ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމްގެ ޕެއާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ކޮލިފައިން ދެ ވަނަ އަށް ދިއުމުން ކޮލިފައިން ސްލޮޓެއްގެ ތެރެއިން ރާއްޖެ އަށް ކޮމަންވެލްތުގެ ފުރުސަތު އޭރު ގެއްލުނީ އެވެ.

އެކަމަކު، އެފްއައިވީބީން މިއަދު އާންމުކުރި ބަޔާނުގައިވަނީ ކޮމަންވެލްތު ގޭމްސް އިން އެކި ކްރިއައިޓީރިއާތަކުން ޖާގަ ބެހިފައިވާ ގޮތަށް ބަލާއިރު، އިންވިޓޭޝަން ފުރުސަތެއްގެ ގޮތުގައި ބީޗްވޮލީބޯޅައިގެ ފިރިހެން ބައިން ރާއްޖެ އަށް ފުރުސަތު ދޭން ނިންމައިފަ އެވެ.

މި ގޮތަށް އިންވިޓޭޝަން ފުރުސަތު ދޭން ނިންމަނީ އެ ގައުމަކުން ބީޗްވޮލީބޯޅައިގައި ކުރަމުން އަންނަ މަސައްކަތާއި ރޭންކިން އަށް ބަލައިފަ އެވެ. މިއީ، އެފްއައިވީބީން ބަލާ ހާއްސަ މިންގަނޑުތަކުގެ ތެެރެއިން ދޭ ފުރުސަތެކެވެ. ރާއްޖޭގެ

ބީޗްވޮލީބޯޅަ ކުރިއަރުވަން ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީން ހަމަޖައްސައިދިން ދެ އަހަރު ދުވަހުގެ ކޯޗިން ސަޕޯޓް ޕްރޮގްރާމްގެ މަސައްކަތް މިހާތަނަށް ކުރިއަށްދާ ގޮތާ މެދު އެފްއައިވީބީން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު އެފްއައިވީބީގެ ރައީސް، ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ވޮލީ އަށް ގިނަ ފުރުސަތުތަކެއް ހޯދައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މަސައްކަތުގެ ތެރެއިން ތަޖުރިބާކާރު ބީޗްވޮލީބޯޅަ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ވަނީ ޖެނުއަރީ ނުވަ ވަަނަ ދުވަހު ރާއްޖެ އައިސް ޓްރެއިނިންތައް ފަށައިފަ އެވެ. ވިނީޝިއުސްގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މިހާތަނަށް ދެ މުބާރާތެއްގައި ވާދަކޮށްފަ އެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ސްރީ ލަންކާގެ ނިގަމްބޯގައި ކުރިއަށްދިޔަ އޭޝިއަން ސެންޓްރަލް ޒޯން ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާ (އަންހެން ދެ ޕެއާ އާއި ފިރިހެން ދެ ޕެއާ) ވަނީ ވާދަކޮށްފަ އެވެ. އަދި މިދިޔަ މަހު ކޮމަންވެލްތު ގޭމްސް ކޮލިފައިންގަައި ވެސް ބީޗްވޮލީބޯޅަ ޓީމު ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕާ އެފްއައިވީބީން އެކުގައި މަސައްކަތް ކުރަމުން އަންނާތީވެ، އެކަމުގެ ސަބަބުން ރާއްޖޭގެ ވޮލީ އަށް ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އެ ގޮތުން މި އަހަރު އެފްއައިވީބީގެ ބީޗްވޮލީ ޕްރޯ ޓުއާގެ މުބާރާތެއް ރާއްޖޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މެދުކެނޑުމަކަށް ފަހު ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާއިރު، ރާއްޖޭގެ ފިރިހެން ޓޭބަލް ޓެނިސް ޗެމްޕިއަން މޫސާ މުންސިފް އާއި އަންހެން ޓީޓީ ޓީމު ވެސް ވަނީ ގޭމްސް އަށް ކޮލިފައިވެފަ އެވެ. މީގެ އިތުރުން، ބެޑްމިންޓަނާއި އެތުލެޓިކްސް އަދި ސްވިމިން އިން ވެސް ރާއްޖޭގެ އެތުލީޓުން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަށް މަސް ފަހުން ސާފް ޗެމްޕިއަންޝިޕެއް ބާއްވަނީ

އަށް މަސްދުވަހުގެ ތެރޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް މުބާރާތް ސްރީލަންކާގައި ބޭއްވުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި. އެ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރު ވިދާޅުވީ، ލަންކާގެ ފުޓްބޯޅަ ކުރިއަރުވައި ވަރުގަދަ ކުރުމަށްޓަކައި އަމިއްލަ ގައުމުގައި މި މުބާރާތް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް.

ކެރިކް، މެންޗެސްޓާ ޔުނައިޓެޑް ކޯޗުކަމުން ވަކިކުރަން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު ކެރިކް މަގާމުން ވަކިކޮށް، އެމެރިކާގެ ކޯޗު ޕޮޗެޓީނޯއާ ޓީމު ހަވާލުކުރަން އެ ކްލަބުން ވަނީ ނިންމާފައެވެ. ޕޮޗެޓީނޯ ޔުނައިޓެޑާ ގުޅޭނީ އެމެރިކާގެ ކުރިއަށް ހުރި މެޗުތަކަށް ފަހު ކަމަށްވާއިރު، އޭނާ ގެނައުމަށްޓަކައި އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނަށް ދައްކަންޖެހޭ ފީއާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އެބަދޭ

ޕޮޗެޓީނޯ ގޮސްފިނަަމަ އެމެރިކާގެ ކޯޗުކަން ގާޑިއޯލާ އަށް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ މައުރީސިއޯ ޕޮޗެޓީނޯ ހަވާލުވެއްޖެނަމަ، އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ޕެޕް ގާޑިއޯލާ އަށް ހުށަހެޅުމަށް އެ ގައުމުން އަންނަނީ ތައްޔާރުވަމުން. ނަމަވެސް، ގައުމީ ޓީމަކަށް އިރުޝާދުދިނުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، ގާޑިއޯލާ މި މަގާމާ ހަވާލުވުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓްތައް ބުނޭ

ނިއު ޒީލެންޑުން ފުރަތަމަ މެޗުގައި ފަސް ގޯލުން އިންޑިއާ ބަލިކޮށްފި

ފީފާ އެކުވެރިކަމުގެ މެޗެއްގައި ނިއު ޒީލެންޑުން 5-0 ގެ ބޮޑު ތަފާތަކުން އިންޑިއާގެ ގައުމީ ޓީމު ބަލިކޮށްފި. އިންޑިއާ އާއި ނިއު ޒީލެންޑުގެ ކުޅިވަރުގެ ގުޅުމަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ނިއު ޒީލެންޑުން ވަނީ މޮޅު ކުޅުމެއް ދައްކައި ފަސް ލަނޑު ޖަހާފައި.

ސަބަލެންކާ ބަލިކޮށް އަންޑްރީވާ ޖެހިޖެހިގެން 11 ވަނަ މޮޅު ހޯދައިފި

ދުނިޔޭގެ ދެ ވަނަ ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލެންކާ ބަލިކޮށް، ރަޝިއާގެ މީރާ އަންޑްރީވާ ޖެހިޖެހިގެން 11 ވަނަ މޮޅާއެކު ޑަބްލިއުޓީއޭ ފައިނަލްސްގެ ސެމީން ޖާގަ ހޯދައިފި. ފުރަތަމަ ސެޓުގައި ފަހަތުގައި އޮވެ، އަންޑްރީވާ މެޗު ކާމިޔާބުކުރީ 6-4 އަދި 6-0 ގެ ނަތީޖާއަކުން

ސާފް އިން އަަރަބިންނަށް ނަސްލީ ތަފާތުކުރާ ކަމަށް ތުހުމަތުކޮށްފި

ސާފް އިން އަރަބި ގައުމުތަކުގެ މީހުންނާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް ސްރީ ލަންކާގެ ކޯޗު އަބްދުﷲ އަލް މުތައިރީ ތުހުމަތުކޮށްފި. އޭނާ މިހެން ބުނީ ސާފްގެ ގަވާއިދުތައް ތަންފީޒުކުރުމުގައި އޭނާއާ މެދު ހަރުކަށިކޮށް އަމަލުކުރާއިރު، އެހެން ގައުމުތަކުގެ ކޯޗުންނަށް ލުއިދޭ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރަމުން.

ސާފް ޗެމްޕިއަންޝިޕުގައި ފެނުނީ ރާއްޖޭގެ ފެންވަރެއް ނޫން: ސަމުއްޓެ

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ދެ މެޗުން ބަލިވެ، ލަނޑެއް ނުޖެހި ރާއްޖެ ކެޓުމަކީ ގައުމީ ޓީމުގެ ފެންވަރު ނޫން ކަމަށް ކެޕްޓަން ސަމުއްޓެ ބުނެފި. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު ނަމަވެސް، އިތުރަށް މަސައްކަތްކޮށް ކުރިއަށް އޮތް މުބާރާތްތަކުގައި ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް ބުނި.

Newsletter

Get the latest news delivered straight to your inbox